twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފި

ނަބީލާ އިސްމާޢީލް
Mar 2, 2020

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ހާއްސަވެގެން މަސައްކަތްކުރާނެ އިދާރާއެއް "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގާއިމުކުރައްވައިފިއެވެ.

ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރަން ގާނޫނުން ލާޒިމްކުރެއެވެ.

އެ އިދާރާ ގާއިމު ކުރައްވާ އެ އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވާ ތަނެއްގެ ގޮތުގައި ވަނީ އިއްޔެއިން ފެށިގެން ހަމަޖައްސަވާފައެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އުފެއްދެވުމާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނެސް އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން އެ އިދާރާއިން ކުރާގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355