އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން އިންކުއަަރީއެއް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަސް ގަރާރެއް ހުށަހަޅައިފި އެވެ. ގަރާރު ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެގޮތުން އަންހެނުންނާ މެދު ކުރޭ ނޭދެވޭ ތަފާތު ކުރުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތު އެކި އަނިޔާތައް ނައްތާލުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ޕަލިމަންޓްރީ އިންކުއަރީއަށް ހަދަން މި ގަރާރުގައި ގޮވާލާފައިވެ އެވެ.
އަދި އަންހެނުން ބާރުވެރިކުރުމަށާއި ތަފާތު ކުރުންތައް ނައްތާލުމަށްޓަކައި ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތައް ހައްލު ކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އެކަމަކު އަންހެނުން ބާރުވެރިކުރަން އިތުރު އެތައް މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.
ންހެނުނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި ގަރާރެއް ހުށަހަޅާފައިވާއިރު އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ހަދައިފަ އެވެ.
މިއީ ރާއްޖޭގެ މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީ އެވެ.