twitterviber whatsapp telegramfacebookyoutube instagram
8th May 2024

އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ހުރަސްތައް ނައްތާލަން ޖެހޭ: ރައީސް

ޚަދީޖާ އާދަމް
Mar 8, 2020
1

އަންހެނުންގެ ފުރިހަމަ ޕޮޓެންޝަން ދިނުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ކިޔުއްވައި ރައީސް ކުރެއްވި ޓްވީޓެއްގައި އެވެ.

ޓްވީޓުގައި ބުނެފައިވަނީ ދުނިޔެ ކުރިއެރުމުގައި އަންހެނުންގެ ފުރިހަމަ ޕޮޓެންޝަން ދިނުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށާއި ބޭނުންތެރި ދުނިޔެއަކަށް މި ދުނިޔެ ވެވެން އޮތީ ހަމަހަމަ ދުނިޔެއަކަށް ވެގެން ކަމަށެވެ.

މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ވެސް އެޅުއްވި އެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން ވަނީ އިތުރުކޮށްފަ އެވެ.

އަދި އެމަނިކުފާނުގެ ކެބިނެޓްގައި ހަތް އަންހެން ވަޒީރުން ތިއްބަވާއިރު، އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355