twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެވިޑް ކޮލެޖުން އާ ކޯސްތަކެއް، ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 8, 2020

އެވިޑް ކޮލެޖުން އާ ގިނަ ކޯސްތަކެއް ހުޅުވާލައި އެ ކޮލެޖުގެ މެއިމަހުގައި ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ އަންނަ ސެމިސްޓާގައި ސެޓްފިކެޓް ލެވެލްތަކުން ފެށިގެން މާސްޓާ ލެވެލްގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ ސެމިސްޓަރގައި 54 އަށްވުރެ ގިނަ ކޯސް ހިމެނޭ ކަމަށާއި އޭގެތެރޭގައި މުޅިން އަލަށް ފަށާ 14 ކޯހެއް ހިމެނޭކަަމަށް އެ ކޮލެހުން ބުންޏެވެ.

އެގޮތުން އެ ކޮލެޖްގައި ކިޔެވުމަށް މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން، ޓީޗިނގް، ބިޒްނަސް، މެނޭޖެމެންޓް، ހިއުމަން ރިސޯރސް މެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ޤުރުއާން ހިމެނެއެވެ.

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިނގް، އެސޯސިއޭޓް ޑިގްރީ އިން އޮފީސް މެނޭޖްމެންޓް، ޑިޕްލޮމާ އިން ޓީޗިންގ ޤުރުއާން، ޑިޕްލޮމާއ އިން ޓީޗިންގ އިސްލާމް، ސެޓްފިކެޓް 3 އަދި 4 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ، ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް، ސެޓްފިކެޓް 1، 2 އަދި 3 އިން ޢަރަބިކް ލޭންގްއޭޖް، އަދި ސެޓްފިކެޓް 1، 2 އަދި 3 އިން ޤުރުއާން ރެސިޓޭޝަން އެންޑް ތަޖްވީދު ހިމެނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އަގުހެޔޮކޮށް މަތީތައުލީމު ފޯރުކޮށްދެއްވަމުންގެންދަވާ އަމިއްލަ އެންމެބޮޑު އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355