twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންހެނުންގެ ދުވަހުގެ ހަދިޔާ: ދިރާގު މުވައްޒަފުންނަށް މައިންގެ ކޮޓަރިއެއް

ނަބީލާ އިސްމާޢީލް
Mar 8, 2020

ދިރާގުގައި ވަޒީފާ އަދާކުރާ މައިން އެ މީހުންގެ ދަރިންނަށް ގާތުން ދިނުން ފަދަ ކަންކަމަށް ހާއްސަކޮށްގެން، ހާއްސަ ކޮޓަރިއެއް މިއަދު ހުޅުވައިފި އެވެ.

މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ދިމާކޮށް މައިންގެ ކޮޓަރި ހުޅުވީ ދިރާގުން ބުނި ގޮތުގައި އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ދިނުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށެވެ.

ދިރާގުން ބުނީ ލިބޭ ބްރޭކް ގަޑި ތަކުގައި ގެޔަށް ގޮސް ފީޑް ކޮށް ކަންތައްކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ގާތުން ދިނުމަށް ބުރޫ އަރާ އަދި ބައެއް ފަހަރު ހުއްޓާލަން ޖެހި ފޯމިއުލާ އަށް ބަދަލު ކުރަން ޖެހޭ ހާލަތު އަންކަމަށާއި މީގެ ސަބަބުން މައިންގެ ސިއްހަތަށްވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ވަނީ ދައްކާފައިވާކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މައިންގެ ކޮޓަރިތަށް ކޮންމެ އޮފީހެއްގައި ގާއުމުކުރުން ވަނީ ލާޒިމްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު މަގުފަހިކޮށް އަންހެނުން ބާރުވެރިކުރުމަށް ކަމަށެވެ.

މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ވަރަށް އިސްކަމެއްދޭ ކަމެކެއް ކަމަށާއި މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލް އަދި މުއާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ދިރާގުގައިގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން އަންނަ އިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު ކަމަށް ދިރާގުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355