twitterviber whatsapp telegramfacebookyoutube instagram
17th April 2025
ADVERTISEMENT
ހޯރަފުށީ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ: ހޯރަފުށީ ކައުންސިލް

ހޯރަފުށީ ޓްރަސްޓް ފަންޑުން ލޯނު ދޫކުރަން ހުޅުވާލައިފި

Mar 10, 2020
2

2020 ވަނަ އަހަރަށް ހޯރަފުށީ ކައުންސިލަށް ލިބިފައިވާ ބަޖެޓުން މަސައްކަތްތެރިން ކުރިއަރުވާ، ކުދި ވިޔަފާރިއާ މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމާ ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފިއެވެ.

ރައްޔިތުންނަށް މަންފާ ލިބޭނެ ފަދަ ގޮތަކަށް ހޯރަފުށީގެ ޓްރަސްޓް ފަންޑު މާލިއްޔަތު ދިރުވާ އާލާކުރުމަށާ ހޯރަފުށީގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާ އަދި ރައްޔިތުންގެ ޓްރަސްޓް ފަންޑު އިތުރަށް މުއްސަނދި ކުރުމުގެ މަގުސަދުގައި ދޫކުރަން ނިންމި މިލޯނަށް އެދުމުގެ ފުރުސަތު 9 މާރިޗުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ.

ލޯނުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް -/50000 ރުފިޔާ ދޫކުރުމަށް ނިންމާފައިވާއިރު، އެންމެ ކުޑަ އަދަދަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ -/25000 ރުފިޔާއެވެ. މި ލޯނު ދޫކުރެވޭނީ، އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްތައް ފެށުމާ އެފަދަ މަސައްކަތް ކުރިއެރުވުމަށާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ދެވޭ އެހީތެރިކަމެއްގެ ގޮތުގައި ކަމުގައި އެކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ލޯނަށް އެދޭއިރު ރަޙްނު ބަހައްޓަން ނުޖެހޭކަމަށާ، 2 އަހަރު ދުވަހުގެ މުއްދަތުގައި ލޯނުގެ އަގު އަދާކުރަންޖެހޭ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com