twitterviber whatsapp telegramfacebookyoutube instagram
7th July 2026

ރައީސް ގައުމާ މުހާތަބުކުރުން ހަތަރަކަށް ފަސްކޮށްފި

Mar 12, 2020

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބު ކުރެއްވުން މިއަދު ހަވީރު 4:00 އަށް ފަސްކޮށްފި އެވެ.

ކުރިން އޮތީ މިއަދު މެންދުރު ފަހު 2:00 ޖަހާއިރު ރައީސް ގައުމާ މުހާތަބުކުރައްވާ ގޮތަށެވެ.

ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ރާއްޖޭން ވެސް ބަލީގެ އަށް މީހަކު ވަނީ ފެނިފަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ގޮތުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ރޯގާއާ ހެދި ގައުމުތަކުން ދަތުރުކުރުން މަނާކުރުމާ ގުޅިގެން، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ އިގްތިސާދީ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355