twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތް ހުރި މީހަކު މިހާތަނަށް ކޭއާރުއެޗަށް ގެނެފައެއް ނުވޭ

ނަބީލާ އިސްމާޢީލް
Mar 15, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު މިހާތަނަށް ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލަށް ގެނެސްފައިނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރުއެޗުން މިހެން ބުނެފައި މިވަނީ މިއަދު އިރުއޮއްސުން ވަގުތު ކޮވިޑްއަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ކޭއާރުއެޗަށް ގެނެސް އެ ހޮސްޕިޓަލުގައި ފަރުވާދޭކަމަށް ބުނެ ސޯސަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންނުދާ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ މިއަދު އިރުއޮއްސުން ވަގުތު އެހެން ރަށަކުން މީހަކު ގެނެސްފައިވާކަމަށެވެ. އަދި އެ މީހާ އެރަށުން ގެނައި އިރު އައި ޓީމް ތިބީ ފުލް ޖިއަރު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭއާރުއެޗްގެ އެތެރެހަށީގެ ދިވެހި ޑޮކްޓަރު ޑރ ނަޒީފްއާ ހަވާލާދީ އަހުމަދު ވިދާޅުވީ އެ ބަލި މީހައަކީ ނިއުމޯނިއާގެ ހިސްޓްރީ އޮންނަ މީހެއް ކަމަށާއި ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާއަށް ފަރުވާދެނީ ކޮވިޑް-19 ގެ ސަސްޕެކްޓެއްގެ ގޮތުގައި ނޫންކަމަށް ވިދާޅުވި އެވެ.

އުމުރުން 46 އަހަރުގެ އެ އަންހެން މީހާއަށް ފަރުވާދެމުން ގެންދަނީ ކޭއާރުއެޗްގެ އައިސީޔޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355