twitterviber whatsapp telegramfacebookyoutube instagram
19th September 2026

ދިރާގު ކަސްޓަމަރުންނަށް އިންޓަނެޓަށް ހިލޭ އެލަވަންސް ދެނީ

ނަބީލާ އިސްމާޢީލް
Mar 16, 2020

ކޮވިޑް-19 އާއި ގުޅިގެން ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ކަސްތަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ހިލޭ އިތުރު އެލަވަންސް ފޯރުކޮށްދޭން ނިންމާފައިވަނީ މި މަހާއި އޭޕްރީލް މަހު އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމުގަ އެވެ.

މީގެ އިތުރުން ދިރާގުގެ މޮބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ. އެ ލުއިތަކުގެ ތަފްސީލް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293