twitterviber whatsapp telegramfacebookyoutube instagram
1st April 2026

ދިރާގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުޔެއް

Mar 16, 2020

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.

އެގޮތުން ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހުފީ އިން %25 ޑިސްކައުންޓެއް މާރިޗު އަދި އެޕްރިލް މަހަށް ދޭންވަނީ ނިންމާފައިއެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް %25 ޑިސްކައުންޓް ދޭންވަނީ ނިންމާފައިއެވެ.

ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިއްޔެ ވަނީ %30 އިތުރު ޑޭޓާ ދީފައިއެވެ.

މީގެ އިތުރުންވެސް ދިރާގުން ވަނީ މޮބައިލް އަދި އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށްކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355