twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެންޒީ މަސްދަޅު ހިލޭ ޑެލިވެރީ ކޮށްދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Mar 18, 2020

ޑިމާންޑް ބޮޑުވެ އެންޒީއިން ގޭގެއަށް މަހުގެ ބާވަތްތަކާއި މަސްދަޅު ހިލޭ ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ. އަދި އެންޒީގެ ހުރިހާ ފިހާރަތަންކުން ކުރިއަށް އޮތްތަނުގައި ވެސް ގޭގެއަށް މަސްދަޅު ޑެލިވަރީކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހާސްކަމެއްގައިވާ މި ދުވަސްވަރު، އެންޒީގެ މަހުގެ ހުރިހާ ބާވަތެއްވެސް އެއްވެސް ދަތިކަމަކާއިނުލާ ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބޭނެ އިންތިޒާމްތަށް ހަމަޖެހިފައިވާ ކަމަށާއި އަލަށްފެށި ފްރީ ޑެލިވަރީގެ ހިދުމަތާއި އެއްކޮށް ދަޅުމަހުގެ އަގުވެސް މިހާރު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންޒީގެ ހުރިހާ ފިހާރަތަކެއްވެސް ކުރިއަށް އޮތް ހަފްތާގައިވެސް ކުރިއެކޭ އެއްގޮތަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު 2:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެންޒީގެ މަހުގެ ބާވަތްތަކާއި މަސްދަޅަށް އޯޑަރު ކުރުމަށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން މާލެއިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން 7248899 ނަންބަރަށް ގުޅައިން އޯޑަރު ކުރެވޭނެ ކަމަށާއި އަދި ހުޅުމާލެއިން ނަމަ 7258899 ނަންބަރަށް ގުޅައިން އޯޑަރު ކުރެވޭނެ އެވެ. އޯޑަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދުގަ އެވެ.

އެންޒީން ބުނީ އެކުންފުނީގެ މަގްސަދަކީ ހުރިހާ ކަސްޓަމަރުންގެވެސް ވަގުތު ސަލާމަތްކޮށްދީ ގޭގަ ރައްކާތެރިކަމާއިއެކު ތިބެގެން އެކުންފުނީގެ ހިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކުންފުނިން ޑެލިވަރީ ކުރާނީ ރަމަޟާން މަހަށް ހާއްސަކޮށްގެން އެކުންފުނިން ފަށާފައިވާ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ލޭބަލް ޖަހާފައިވާ މަސްދަޅުތައް ކަމަށާއި އެހެން ކަމުން އެންޒީގެ މަސް ގަންނަ ކޮންމެ ފަރާތަކަށް އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެންޒީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355