twitterviber whatsapp telegramfacebookyoutube instagram
19th June 2025
ދިރާގު ހެޑްއޮފީސް--ފޮޓޯ:މިހާރު

މަމެން ކަސްޓަމަރުންނަށް ޑޭޓާ އިން 50 ޕަސެންޓް ޑިސްކައުންޓް

ނަބީލާ އިސްމާޢީލް
Mar 18, 2020

ކޮވިޑް-19 ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތަށް ބަލައި ދިރާގުގެ މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މިމަހު ނަގާ މަމެން ޑޭޓާ އެޑް-އޮންތަކުން 50 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ރެޒިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލުއި ދީފަ އެވެ. ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް 30 ޕަސެންޓް އިތުރު ޑޭޓާ ވަނީ މިހާރު ދީފަ އެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން 30 ޕަސެންޓް ޑިސްކައުންޓް ވަނީ ދީފަ އެވެ.

މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލް އިން 25 ޕަސެންޓް ޑިސްކައުންޓް ދޭން ވެސް ދިރާގުން ނިންމާފައިވެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ. މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com