twitterviber whatsapp telegramfacebookyoutube instagram
9th September 2026

ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ހަފްތާއަކަށް ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Mar 19, 2020

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މީހުން އެއްވެ އުޅުން މަދުކުރުމަށް އަޅާ ފިޔަވަޅުތަކުގައި ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ހަފުތާއަކަށް ބަންދުކޮށްފި އެވެ.

ދިރާގުން ބުނީ މިގޮތަށް ހިދުމަތްތައް ދިނުން ބަންދު ކުރީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުގެ ދަށުށް ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

ދިރާގުން ބުނީ މިދުވަސްވަރު ކަސްޓަމަރުންނަށް އިލްތިމާސްކުރަން ބޭނުން ވަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ހިދުމަތްތައް މެނޭޖްކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން ކޮންމެހެން ގުޅަން ޖެހިއްޖެ ހާލަތެއްގައި ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، އައި-މެސެޖިންގް، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ދިރާގުން އެދެ އެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައަށް ލުއިފަސޭހަ ކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293