twitterviber whatsapp telegramfacebookyoutube instagram
22nd February 2026

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

ޚަދީޖާ އާދަމް
Mar 19, 2020

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

މިނިސްޓަރު އަމީރު ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަންމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރަން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފްކޮށްފައިވާކަން ހާމަކޮށްފައެވެ.

ސަރުކާރުން ތައާރަފު ކުރި މި ޕެކޭޖާ ބެހޭ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ޕެކޭޖަކީ މިވަގުތު ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355