twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮކާކޮލާގެ ޔޫރޯ ޕްރޮމޯޝަން ހުއްޓާލާއިފި

ޚަދީޖާ އާދަމް
Mar 21, 2020

ޔޫރޯ ފުޓުބޯޅަ މުބާރާތައް ހާއްސަކޮށްގެން ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ހުއްޓާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް މިހާރު ވަނީ ފަސްކޮށްފައެވެ.

ކޮކާ ކޯލާގެ ބުއިންތައް އުފައްދަމުން އަންނަ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ޕްރޮމޯޝަން މެދުކަނޑާލާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އިތުރު ނަސީބުވެރިންޔަކު ދެން ނުހޮވާނެ ކަމަށެވެ.

މިހާތަނަށް ގުރުއަތުން ހޮވިފައިވާ ފަރާތްތަކަށް ލިބުނު އިނާމުތައް ރައްދުކޮށްދޭނެ ކަމަށާއި، މިހާރުވެސް ގިނަ ފަރާތްތަކުން އިނާމު ހަވާލުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން 10 ފަރާތަކަށް ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާ، އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބޭގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް އަހަރެއް ފަސްކުރުމާ ގުޅިގެން، ކޮކާކޯލާގެ ޕްރޮމޯޝަން ހުއްޓާލިއިރު، މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހަ ފަރާތަކަށް އޮތީ ލިބިފަ އެވެ.

ނަމަވެސް މުބާރަތް ފަސްކުރުމާ ގުޅިގެން، އެ ފުރުސަތު ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށްގެން އެއާ އެއްވަރުގެ ބަދަލެއް ދޭނެ ކަމަށް އެމްއޭޑަބްލިއުސީން ބުންޏެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ޔޫރޯ މުބާރާތަކާއި ވޯލްޑް ކަޕު މުބާރާތުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތްތަކަކަށް ދީފަ އެވެ. އަދި އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ އޮފިޝަލް ޓްރޮފީ ވެސް ރާއްޖެ ގެނެސް ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355