twitterviber whatsapp telegramfacebookyoutube instagram
10th November 2026

އިޓަލީން މަރުވި މީހުންގެ އަދަދު ހަތަރު ހާހަށް

ޚަދީޖާ އާދަމް
Mar 22, 2020

އިޓަލީން އެއް ދުވަސް ތެރޭ ގާތްގަނޑަކަށް 800 މީހުން މަރުވެ އެ ގައުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 4،825 އަށް އަރައިފި އެވެ.

މިހާރު ވަނީ އެގައުމުގެ ފެކްޓަރީތައް ބަންދު ކުރުމަށް ބޮޑު ވަޒީރު ޖިއުސެއްޕެ ކޮންޓޯ ވަނީ އަންގަވާފަ އެވެ. އަދި އިޓަލީގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓް (އައިއެސްއެސް) ގެ ވެރިޔާ ސިލްވިއޯ ބްރުސަފެރޯ ވަނީ އުމުރުން ދުވަސްވީ އެންމެން އަބަދުވެސް ގޭގައި ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ސަބަބަކީ ކޮރޯނާވައިރަހުގައި އިޓަލީން މަރުވާ މީހުންގެ އެވްރެޖް އުމުރަކީ 78.5 އަހަރު ކަމަށްވާތީ އެވެ.

އިޓަލީގައި ހާލަތު އެންމެ ބޮޑަށް ގޯހީ 10 މިލިއަން މީހުން ހިމެނޭ ލޮމްބާޑީ އޭރިއާގަ އެވެ. ލޮމްބާޑީ ވަނީ މާޗް 8 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފަ އެވެ.

މިލާން ވެސް ހިމެނޭ އެ ސަރަހައްދުން ވަނީ 3،095 މީހުން މަރުވެފަ އެވެ. ލޮމްބާޑީން އިއްޔެ އެކަނިވެސް ވަނީ 3،251 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ.

އިޓަލީން މިހާތަނަށް ވަނީ 53،578 މީހުންނަށް ކޮވިޑް-19 ޖެހި، އޭގެ ތެރޭން 4،825 މީހުން މަރުވެފަ އެވެ.

އިޓަލީން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެ ގައުމުގައި އަޅާ ފިޔަވަޅުތައް ވެސް މިހާރު ދަނީ ހަރުކަށި ކުރަމުންނެވެ. ރޯމުގައި މިހާރު ދަނީ ފުލުހުން މަގުތަކަށް ނުކުމެ ޑޮކިއުމެންޓްތައް ޗެކްކޮށް އެއްވެސް ސަބަބެއް ނެތި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293