twitterviber whatsapp telegramfacebookyoutube instagram
14th October 2025

ޗައިނާއިން ރާއްޖެއަށް ހަދިޔަ ކުރި ފުރަތަމަ ޝިޕްމެންޓް ގެނެސްފި

Mar 27, 2020

ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ރާއްޖެ އަށް ހަދިޔާ ކުރި ފުރަތަމަ ޝިޕްމަންޓު މިއަދު ގެނެސްފި އެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. އޭގެ ފަހުން ބަލިފެތުރެމުންދާ އެހެން ގައުމުތަކަށް ޗައިނާއިން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

މި ވައިރަހާ ގުޅިގެން އިންޑިއާއިން ވެސް ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް އިންޑިއާއިން ފޯރުކޮށްދިނެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިޒޯން މިއަދު ވިދާޅުވީ، ރާއްޖެ އަށް ހަދިޔާ ކުރި އެމަޖެންސި ޝިޕްމަންޓުގެ ފުރަތަމަ ބެޗް މިއަދު ގެނެވިފައިވާ ކަމަށެވެ.

ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެފައިވާ 16 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާކަންވެސް މިއަދު ވަނީ ހެލްތް މިނިސްޓްރީން ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355