twitterviber whatsapp telegramfacebookyoutube instagram
11th May 2021

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ

ނަބީލާ އިސްމާޢީލް
Mar 29, 2020

ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ އިންޓަނެޓް ހިލޭ ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

މި 10 ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރޗް އަދި އެޕްރީލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގއަށް މަގުފަހިކޮށްދިނުމަށް މަސަކަތް ކުރަމުންނެވެ. އެގޮތުން ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރިލް މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50% ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ދީފައިއެވެ.

މިކަންތައްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށާއި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ހިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށްކަމަށެވެ.

އަދި ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355