twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ވިއްކަން އެސްޓީއޯ އެގްރި ސެންޓަރު ހުޅުވަނީ

ނަބީލާ އިސްމާޢީލް
Apr 2, 2020

ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީޓޯ)އިން އުފައްދާ އެގްރި ސެންޓަރ އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިކަން އިއުލާންކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިއަދުން ފެށިގެން ދަނޑުވެރިންނަށް އެސްޓީއޯގެ އެގްރި ސެންޓަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި މިކަމަށް އެދޭ ފޯމް އެސްޓީއޯގެ ވެބްސައިޓުންނާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ބޭސްފިހާރަތަކާއި އެސްޓީއޯގެ ފިހާރަތަކުންވެސް ލިބޭނެކަމަށެވެ. އަދި މިފޯމް ފުރުމަށްފަހު މިތަންތަނަށް ފޯމް ހުށަހެޅޭނެކަމަށެވެ. ފޯމުގެ ފޮޓޯއެއް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށްވެސް އެސްޓީއޯއަށް ހުށަހެޅޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ހަމައެކަނި އިންޕޯޓު މުދަލަށް ބަރޯސާވެގެން ނުވާނެކަމަށާއި ދަނޑުވެރިކަމުގެ ދާއިރާގައި މިހާރު އުފައްދާ ތަކެއްޗަށްވުރެ ގިނަ ބާވަތްތައް އެކި ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދޭނެކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ތަފާތު ބާވަތުގެ ތަކެތި ދަނޑުވެރިން އުފައްދަން ޖެހޭކަމަށާއި އެސްޓީއޯ އެގްރިކަލްޗަރ ސެންޓަރެއް ހުޅުވުމުގެ ބޭނުމަކީ މިގޮތުން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ވިއްކާ ދަނޑުވެރިންނަށް އާމްދަނީ ލިބޭނެ ގޮތް ހެދުންކަމަށެވެ.

އަދި އެ ތަކެތި އެސްޓީއޯއިން ގަންނަނީ ވިޔަފާރި ކުރަން ނޫންކަމަށާއި މިސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައް ހޯލްސޭލް ކުރާނެކަމަށެވެ. އަދި މިސެންޓަރުން ދަނޑުވެރިންގެ ތަކެތި ގަންނަ އަގުތަކާއި އެހެނިހެން ކަންކަން ވަރަށް އަވަހަށް ފައިނަލް ކުރާނެކަމަށް އަމްރު ވިދާޅުވިއެވެ.

އެ ސެންޓަރު މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިކަމަށް އެދި ރަޖިސްޓްރީކުރުމުން އެފަރާތްތަކަށް އައިޑީއެއް ދޭނެކަމަށް އެސްޓީއޯގެ ސީނިއަރ މެނޭޖަރ ބިޒްނަސް މުހައްމަދު އިހުސާން ވިދާޅުވިއެވެ. އެހެންކަމުން ދޯނި ފަހަރުގައި ތަކެތި އެސެންޓަރަށް ފޮނުވާއިރު، މިއައިޑީ ނަންބަރާއި ފޮނުވާ ތަކެއްޗާއި އެހެން ތަފްސީލްވެސް ދޭން ޖެހޭނެއެވެ. އަދި މިގޮތުށް ފޮނުވާ ތަކެއްޗަށް ދަނޑުވެރިންނަށް ދެ ދުވަހެއްގެ ތެރޭގައި ފައިސާ ދޭނެކަމަ ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355