twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެމްއެސްއެސް ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ބޭހާއި ކާޑު ހިފައިގެން ރާއްޖޭ އައިސްފި

ނަބީލާ އިސްމާޢީލް
Apr 5, 2020

އަލަށް ރާއްޖޭގައި އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް ރާއްޖޭގެ އާ ޝިޕިން ލައިން މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދު ގެނައި ބޯޓަކީ 20 ފޫޓްގެ 700 ކޮންޓެއިނަރު އުފުލޭ "އެމްވީ އައިބީރިއަން އެކްސްޕްރެސް" ނަމަކަށް ކިޔާ ބޯޓެކެވެ. ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ފެނުގެ ސެލިއުޓެއް ވަނީ އަރުވާފަ އެވެ. ބޯޓް ރާއްޖެ ގެނެސްފައިވަނީ ކާޑުގެ ބާވަތް ތަކާއި ބޭހާ އެކު އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަކީ އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާ އެވެ.

އެސްޓީއޯއިން ބުނީ، އެމްއެސްއެސް އުފައްދާ ހިދުމަތް ދޭން ފަށަނީ ދިވެހި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ، ޝިޕިން ލައިނަކަށް ވުމުގެ އަޒުމުގައި ކަމަށެވެ. މީގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލާ، ޓޫރިޒަމަށް ބަރޯސާވާ މިންވަރު އިގްތިސާދުގައި މަދުކުރުމަކީވެސް މި ކުންފުނި އުފައްދައި ހިދުމަތް ދިނުމުގެ މަގުސަދެއް ކަމަށް ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެ އޮތީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލުކުރުމަށް އެހެން ސިނާއަތްތަކަށް އިންވެސްޓު ކުރަން ހެޖޭ ކަމަށެވެ. އެގޮތުން މި ޝިޕިން ލައިނަށް އިންވެސްޓު ކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށާއި މިކަމުގައި ކުރިން ރާއްޖޭގެ ފަހުރުވެރި ތާރީހު އަލުން އިޔާދަކުރައްވާނެ ކަމަށް ރައީސްވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355