ކޮވިޑް-19 އާ ގުޅިގެން އެންޒީ ބްރޭންޑުގެ މަސްދަޅަކުން 3 ރުފިޔާ އަގުހެޔޮކޮށްފި އެވެ.
މިގޮތުން ތެޔޮ މަސްދަޅެއް15 ރުފިޔާއިން 12 ރުފިޔާއަށް އަދި ފެން މަސްދަޅެއް އެންމެ 11.50ރ އަށް ވަނީ އަގު ކުޑަ ކުރެވިފައެވެ. ކޭސް ނަންގަވާނަމަ ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސް ކޭހެއް 530ރ އަށް ލިބިވަޑައިގަންނަވާނެއެވެ.
އެންޒީން ބުނީ އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައިކަމަށެވެ.
އަދި މިވަގުތު ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުން ގޭގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއިއެކު ތިއްބަވައިގެން ހިދްމަތް ހޯދޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިވާކަމަށާއި އެންޒީން ގޭގެއަށާއި ދޯނިތަކަށް ބޭނުންވާ އަދަދަކަށް މަސްދަޅު ޑެލިވާރ ކޮށްދޭނެ ކަމަށެވެ.
އެންޒީ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު، ބޭނުންފުޅުވާ ބާވަތުގެ މަސްދަޅުގެ އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން ޑެލިވާރީގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މަސްދަޅުގެ އަގު ހެޔޮ ކުރިކަމުގައި ވީނަމަވެސް މި ވަގުތު ހިނގަމުންދާ އެންޒީ “ވަރަށް ފައްކާ ޕްރޮމޯޝަން”ގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ދަޅުން ލޭބަލް ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސްއެމްއެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރެރިވެވޭނެއެވެ.
އެންޒީ މަސްދަޅު މި އަގުގައި ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެފަރާތުން ވަނީ އަރުވާފަ އެވެ.