twitterviber whatsapp telegramfacebookyoutube instagram
7th March 2026

ކުޅުދުއްފުށީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ފުލުހުންނާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Apr 17, 2025
1

ކުޅުދުއްފުށީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ފުލުހުންގެ ހިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔޫއެންއޯޑީސީ އާއި ފުލުހުންގެ ހިދުމަތާ ގުޅިގެން، ރަށްރަށުގެ ބަނދަރުތަކުގައި ހަރުކުރާ މި ސީސީޓީވީ ކެމެރާ، ހަރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އެވެ. ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

މި އެއްބަސްވުމުގެ ދަށުން، ޔޫއެންއޯޑީސީ އާއި ފުލުހުންގެ ފަރާތުން ތަކެތި ފޯރުކޮށްދިނުމުން ސީސީޓީވީ ކެމެރާ ހަރުކުރުމާއި ކޭބަލް އެޅުން ފަދަ އެންމެހާ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްގެ ފަރާތުންކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަރުހަލާ ކުރިއަށްގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ރަށުގެ އެކި ހިސާބުތަކުގައި ހަރުކުރާގޮތަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ކެމެރާ ހަރުކުރަން ހަމަޖެހިފައިވަނީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގަ އެވެ. މި ކެމެރާތަކުގެ ކޮންޓްރޯލް އަދި ސާވަރ ގާއިމުކުރާނީ ކުޅުދުއްފުށި ސިޓީ ޕޮލިހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355