twitterviber whatsapp telegramfacebookyoutube instagram
16th April 2025

ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Apr 15, 2025

ހއ ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން"ގެ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ " ހއ. ފިއްލަދޫ ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުންޏަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރަކަށާއި މިނިވަން ޑިރެކްޓަރަކަށެވެ.

ކައުންސިލުގެ އިއުލާނުގައިވާ ގޮތުން މެނޭޖިން ޑިރެކްޓަރަށް ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 750 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ. އަދި މިނިވަން ޑިރެކްޓަރަށް ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 500 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ.

މިގޮތަށް އެލަވަންސް ދެވޭނީ ކައުންސިލްގެ ބޭރުން ނެނގޭ ބޯޑު މެންބަރުންނަށް އެކަނިކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، "ހއ.ފިއްލަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފިއްލަދޫ ކައުންސިލްގެ އިދާރާއަށް، ނުވަތަ [email protected] އީމެއިލް އަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ.

ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް، ކައުންސިލުން އެކުލަވާލައި ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެ ކަމަށާއި އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ފިއްލަދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355