twitterviber whatsapp telegramfacebookyoutube instagram
21st May 2024

ފިއްލަދޫގެ އިހުތިސާސުގެ ތެރެއަށް ދައްޕަރު އަލުން ލައިފި

ޚަދީޖާ އާދަމް
Oct 4, 2021

ހއ. ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް ދައްޕަރު އަލުން ލައިފިއެވެ. އެކަން ރައީސް އޮފީހުން އަންގާފައިވަނީ މިއަދު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ދަށުން ނެގި މައްސަލައިގައި ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި ފިއްލަދޫ ރައްޔިތުން އެ މައްސަލައިގައި ދެކޭ ގޮތް މިއަދު އޮތް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އޮޅުން ފިލުވާފައިވާ ކަމަށެވެ.

އަދި އެ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ދަށަށް ގެންދިއުމަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދައްޕަރު އެ ރަށު ކައުންސިލްގެ އިހްތިޞާސްގެ ދަށުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ އާންމުކުރެއްވި ގަރާރެއްގައެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްޕަރު ތަރައްގީކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށްކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދައްޕަރު އަލުން އަނބުރާ ހޯދުމުގެ ގޮތުން ފިއްލަދޫ ރައްޔިތުން އިސްވެ ވަނީ "ސޭވް ދައްޕަރު" ނަމުގައި ޕެޓިޝަނެއް އުފައްދައި ވަނީ މަޖިލީހަށްވެސް ހުށައަޅާފައެވެ. ޕެޓިޝަނުގައި ވަނީ ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355