twitterviber whatsapp telegramfacebookyoutube instagram
13th June 2026

ފުނަދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި

Apr 17, 2025

ށ ފުނަދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ށ އަތޮޅުގައި ފެށީ ބުދަދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

މިއަހަރުތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ފުނަދޫގައި އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ފެށިއިރު އެ އަތޮޅު މިލަންދޫގައިވެސް އެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ވަގުތު ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ދޭއިރު ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުުމުތަކުގައި ވެސް އައިޑީކާޑު ހެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންޑިއާ, ލަންކާ, މެލޭޝިއާ, އަދި އިނގިރޭސިވިލާތުގައި ވެސް މި ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ފެށިއިރު ކުރިން މީ ޑީއެންއާރުން ކުރަމުންދިޔަ މަސައްކަތެކެވެ. އެގޮތުން އައިޑީކާޑްގެ ހެދުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ކައުންސިލުންތަކުން އެޅުމުން ޑީއެންއާރުގެ މަސައްކަތަކީ ކާޑު ޕްރިންޓްކުރުމަށްފަހު ރަށްރަށް ފޮނުވުމެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަހައްދުން ބޭރުން މި ހިދުމަތް ގާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355