twitterviber whatsapp telegramfacebookyoutube instagram
12th May 2026

ނޮޅިވަރަންފަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ސަޚާ

އަބްދުލް ވާހިދު ޙަސަން
Apr 18, 2025
1

ހދ ނޮޅިވަރަންފަރު ސްކޫލްގެ 2024-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ފާތިމަތު ސަޚާ އަލީ ހޯދައިފި އެވެ.

ނޮޅިވަރަންފަރު ސްކޫލްގެ އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން ޑިވިޝަން ހެޑް އަލީ މުފީދެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ސަހާ ވަނީ ގައުމީ ގަދަދިހައެއްގެ ފަސްވަނަ ހޯދާފަ އެވެ. މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 26 ދަރިވަރަކު އިނާމު ހާސިލްކުރި އެވެ.

އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތީމެއްގެ ގޮތުގައި ހަމަޖެއްސީ 'އޯކިޑް ގުލްޝަން' އެވެ. މިއީ ރައީސް މުހައްމަދު އަމީންދީދީ ވެރިކަމުގެ އެ ސްކޫލަށް ކިޔާފައިވާ ނަމެވެ.

އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ނޮޅިވަރަންފަރު ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355