twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތަކުރާރުކޮށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކުޅުދުއްފުށީ ކޯޓުން ދޫކޮށްލައިފި

އަބްދުލް ވާހިދު ޙަސަން
Apr 9, 2020
1

މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދޭނެކަމަށް ބުނެ ބިރު ދައްކައި އިންޒާރުދީގެން ފުލުހުން ހައްޔަރުކުރި މީހެއްގެ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.

މީހަކަށް ބިރު ދެއްކި މައްސަލައެއްގައި 37 އަހަރުގެ މި މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ހދ ނޭކުރެންދޫއިންނެވެ.

މީނާ ކޯޓުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖެހުމަށް މިމަހުގެ ދެވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހދ ނޭކުރެންދޫ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި އެ މީހާ، ހައްޔަރު ކުރިއިރުވެސް އޭނާގެ އެފަދަ އެހެން މައްސަލައެއް ފުލުހުން ތަހްގީގްކުރަމުންދާ ކަމަށެވެ.

"މިމައްސަލަ ހުށަހެޅުނުއިރުވެސް މި ޒާތުގެ (އިންޒާރުދީފައިވާ) މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހްގީގުކުރަމުންދަނިކޮށް." ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ އިންޒާރު ދިނުމުގެ މައްސަލަތައް ތަކުރާރުކުރަމުންދާތީ ކަމަށެވެ.

"މީނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތޯ ނުވަތަ ނޫން ތޯ ކަނޑައެޅުމަށް 24 ގަޑިއިރު ހަމަވުމުގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން، ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ." ފުލުހުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355