twitterviber whatsapp telegramfacebookyoutube instagram
29th March 2024

16 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަންނަ ޖޫން މަހު ކުޅުދުއްފުށީގައި ބާއްވާގޮތައް ހަމަޖައްސައިފި

May 8, 2011

އަތޮޅު ތަކުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަންނަ ޖޫންމަހު ކުޅުދުއްފުށީގައި ބާއްވާގޮތަށް އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

ޖޫން މަހުގެ 06 ން 09 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ސްކޫލް މަދުރަސާތަކަށް ހުޅުވާލާފައިވާއިރު، މިއެތުލެޓިކްސް މީޓްގައި 4 ޢުމުރުފުރާގެ ދެޖިންސުން 76 އިވެންޓެއް ކުރިޔަށް ގެންދާގޮތަށް ވަނީ ރޭވިފައިވާކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

07 ވަނަ ފަހަރަށް ކުޅުދުއްފުށީގައި މި މުބާރާތް ބޭއްވޭއިރު މިފަހަރުގެ މުބާރާތް ބާއްވާ ކެޓަގަރީތަކަކީ 11 އަހަރުންދަށް ފިރިހެން އަދި އަންހެން، 13 އަހަރުންދަށް އަންހެން އަދި ފިރިހެން، 15 އަހަރުންދަށް އަންހެން އަދި ފިރިހެން، 17އަހަރުންދަށް އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކަށް އެސޯސިއޭޝަނުން ހަމަޖައްސާފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހެއެވެ. އަދި ޓީމް ލިސްޓް ފޮނުވަން ޖެހޭ ތާރީޚަކީ މިހިނގާ މެއި މަހުގެ 23 ވަނަ ދުވަހެވެ.

އެތްލެޓިކްސް މުބާރާތްތަކުގައި ކުޅުދުއްފުށީގެ ސްކޫލުތަކުން ދަނީ ރަންވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ މަހު މާލޭގައި ބޭއްވި ދިރާގު 14 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ކުރިޔަށް ދިޔަ 8 ކެޓަގަރީގެ ތެރެއިން 03 ކެޓަގަރީ އަކުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދާފައިވާއިރު ޖަލާލުއްދީން ސްކޫލުގެ ޓީމުވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 400 މީޓަރުގެ ރިލޭއިން ގައުމީ ރެކޯރޑް ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355