ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީގޮތުން ބޭނުންވާ ބޭސް ރަނގަޅުމިންވަރަކަށް ރާއްޖޭގައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުން ދެން އަމަލުކުރަން ނިންމަވާފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ދިވެހި ގައުމާއި މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޅި މުޖުތަމައުގެ ރައްކާތެރިކަަމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގެ ސްޓްކް އެބަހުރި ކަމަށެވެ. މިހާލަތުގައި ޒަރޫރީބޭނުންތައް ފުއްދޭނެ ގޮތްތަށް އެކި އިދާރާއިން ރާވާފައިވާ ކަމަށާއި މިކަމުގައި އަމަލުކުރާނެގޮތް ގުޅުންހުރި އިދާރާތަކުން ހާމަކުރަމުންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އާންމުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތަކާއި ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އެހެނިހެން އިދާރާތަކުންދަނީ މަސައްކަތްކުރަމުންނެވެ.