twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަހުމަދުގެ އިލްތިމާސް: ޒަރޫރީ ބޭނުމެއް ނެތި ނުކުމެ އުޅުން ހަމަ އެކަށް ހުއްޓާލާ!

އަބްދުލް ވާހިދު ޙަސަން
Apr 16, 2020
2

ރާއްޖޭގައި ކޮވިޑް-19 ފެތުރުދާނެކަމުގައި ބިރު ހީވެފައިވާ މިހާލަތު ޒަރޫރީ ބޭނުމެއް ނެތި ރަށުތެރެއަށް ނުކުމެ އުޅުން ހުއްޓާލުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދޫ އިލްތިމާސްކުރައްވައިފި އެވެ.

މާލޭގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާ ތިން މީހަކު ފެނިފައިމިވާއިރު ކުޅުދުއްފުށީގައިވެސް ބަލި ނޫޅެދާނެކަމަށް ގަބޫލުކޮށްގެން ތިބެގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. ނޭނގި ނަމަވެސް ރަށުގައިވެސް ބަލި އުޅެދާނެކަމަށާ އެންމެ ރައްކާތެރިގޮތަކީ މިދަނޑިވަޅުގައި ބޭރަށް ނުނިކުމެ ތިބުން ކަމަށެވެ.

މާލެއިންނާއި ރިސޯޓްތަކުން ގިނަ ބަޔަކު ފާއިތުވި މިދިޔަ ދެތިން ދުވަސްތަކުގެ ތެރޭގައި ކުޅުދުއްފުށީ މަގުން ވަނީ ދަތުރުކޮށްފަ އެވެ.

"މާލޭ ތެރެއިން ފެނުނު ފަރާތް ޕޮޒިޓްވީ ގޮތް އަދިވެސް އެނގޭކަށް ނެތުމާއެކު މާލޭ ތެރޭގައި އުޅެފައިވާ ގިނަ ބަޔަކު އައިސް މި ވަނީ ރަށަށް. އެހެންވީމާ އަޅުގަނޑުމެންނަށް ނޭނގި ރަށުގައި ބަލި އުޅުން އެކަށީގެންވޭ. އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ބަލީގެ ފަރުވާއަށް ކުރެވެން އޮތް ކަމަކީ އާންމު ސާފުތާހިރުކަން ހިފެހެއްޓުމާއި ގޭގައި މަޑު ކުރުން." އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ޒަރޫރީ ބޭނުމެއް ނެތި ނުކުމެ އުޅުން ހަމަ އެކަށް ހުއްޓާލަންވެއްޖެކަންކަމަށާއި މިކަން ހުއްޓޭނީ އަމިއްލަ މީހާއިން ފަށައިގެން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން އެކަކު އަނެކަކަށް އިހްތިރާމްކޮށް ފިތުނަވެރިކަމާއި އާންމު މަސްލަހަތު ފުށުނާރާނެ ފަދަ ގޮތަކަށް ކަންތައް ބެހެއްޓުމަކީ މި ވަގުތު ވަރަށް މުހިއްމު ކަމެއް." އަހްމަދު އިތުރަށް ހާމަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355