- މަރުވެފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް
- ކުޅުދުއްފުށީގައި ހުރި އެމްޕީއެލްގެ އިމާރާތުގައި 8 މީހަކު ވަނީ ކަރަންޓީނުކޮށްފަ
- ފްލައިޓުން ގެނައީ 7 މީހުންވެސް ވަނީ ކަރަންޓީކޮށްފައި
- އުލިގަމު، ތަކަންދޫ، ނަރުދޫ، މިލަންދޫން ވަނީ ބަލިޖެހިފައި ތިބި މީހުން ފެނިފައި
ކުޅުދުއްފުށީގައި ވޯޓުލުން ފެށިގެން ކުރިއަށް
މާލެ ސަރަހައްދު ފުރަ ބަންދުގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު
ޕޮޒިޓިވްވި އަދަދު 573 އަރައިފި. ފަހުން 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 9 ދިވެހިންނާއި 6 ބަގްލަދޭޝް މީހެއްގެ އިތުރުން ސްރީލަންކާ މީހެެކެވެ.
މަބްރޫކް: ކުރިއަށް މިއޮތް ދެ ހަފްތާ މާލެ އައުން އެހާ ރައްކާތެރިއެއް ނޫން.
މަބުރޫކު: ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކުދިން ވެސް އެ ގައުމުތަކުގެ ކަމާބެހޭ އޭޖެންސީ ތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުން މުހިއްމު.
މަބްރޫކް: ފުރަބަންދާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުމުގެ އުސޫލުތަށް ކަނޑައަޅަނީ ރަށްރަށުގެ ކައުންސިލް ތަކާއި މަޝްވަރާ ކުރުމަށް ފަހު.
މަބުރޫކް: މިއަދު މަރުވި ބަންގްލަދޭޝް މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން.
މަބުރޫކް: މަނަދޫގެ ކޭސްގައި މިއަދު ސާމްޕަލެއް ނެގިފައިވޭ. އެހެންނަމަވެސް އެ ސާމްޕަލް ވަނީ ނެގެޓިވް ވެފަ
މަބުރޫކް: ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމާއެކު ވެންޓިލޭޓާރުތައް ގެނައުމުގެ ދަތިތައް އެބަހުރި، އުންމީދުކޮށްގެން ތިބީ މޭ މަހު 1 ވަނަ ދުވަހު ލިބޭނެ ކަމަށް. އަޕްޑޭޓަކީ ވެންޓިލޭޓަރުތައް ބުރާސްފަތި ދުވަހު އަންނާނެ ކަމަށް.
ޑރ. އަފްޒަލް: ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބި ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި.
ޑރ އަފްޒަލް: އިތުރު ކޭސްތައް އަދިވެސް ފެނުމުގެ ފުރުސަތު އެބައޮތް. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުން ނިސްބަތުން ވަރަށް މަދު. ކަޅުތުއްކަލާ ކޮށިން މީހަކަށް ވަނީ ބަލި ޖެހިފައި. ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 60 މީހުން ފާހަގަވެފައިވޭ
މަބްރޫކް: ތިން ތަނެއް ވަނީ އާންމު ހާލަތަކަށް ބަދަލު ކުރެވިފައި. އެއީ ހދ.ހިރިމަރަދޫ، ހދ.ކުމުންދޫ އަދި ށ.ގޮއިދޫ.
މަބުރޫކް: މިހާތަނަށް ޖުމްލަ 28 ކޭސް ފެނިފައިވޭ. 549 މީހުން ބައްޔަށް ފަރުވާ ދެމުން އެބަދޭ. ހަ މީހަކު ތިބީ ހޮސްޕިޓަލައިޒް ކުރެވިފަ. އަދި 20 މީހަކަށް ވަނީ ރަނގަޅުވެފަ. ކަރަންޓީން ފެސިލިޓީތަކުން ވަނީ 6 މީހަކު ދޫކޮށްލާފަ
މަބްރޫކް: މިހާތަނަށް 9،863 ސާމްޕަލެއް ނެގި، 573 މީހަކު ވަނީ ޕޮޒިޓިވްވެފަ، ނަތީޖާ ނުލިބޭ 477 ސާމްޕަލެއް އެބަހުރި.
ފިޓްޖެހި، ހާލުދެރަވެގެން ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ހެދި ޓެސްޓްތަކުން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި، ބަންގްލަދޭޝް މީހާ މަރުވެއްޖެ އެވެ.
މާލެއިން އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 557 އަށް އަރައިފި އެވެ.
✳️ COVID-19 Case Updates @11:30am
— Health Protection Agency (@HPA_MV) May 5, 2020
Confirmed an additional 6 cases of COVID-19 infection in Maldives.
Cases:
- 1 Bangladeshi
- 5 Maldivians
Total number of cases: 557
ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ހަދިޔާކުރި 15 ވެންޓިލޭޓަރު އިއްޔެ ރާއްޖެ ގެނެސްފި
Very grateful to Mr. Ong Beng Seng, Hotel Properties Ltd. for the generous donation of 15 Ventilators that arrived in #Maldives today & 150,000 face masks that will arrive on 13 May. Your generosity towards the Maldivian people at this hour of great need will not be forgotten.
— Abdulla Shahid (@abdulla_shahid) May 4, 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި
A Bangladeshi national transferred to IGMH after a tonic-clonic seizure is in critical condition.
— Health Protection Agency (@HPA_MV) May 4, 2020
The patient has also tested positive for #COVID19
ކޮވިޑް ޖެހުނު މިހުންގެ އަދަދު 551 އަރައިފި. އެޗްޕީއޭއިން ބުނީ އިތުރަށް ޕޮޒިޓިވް ވެފައިވަނީ 5 ދިވެހިންނާއި 5 ބަގްލަދޭޝް މިހުން ކަމަށެވެ.
މަބުރޫކް: ހޮސްޕިޓަލަކުން ރިފާރ ކޮށްފަ އޮންނަ ހާލަތެއްގައި ރަށުން ބޭރުން އަންނަ ފަރާތަކަށް ރަށައް އެރޭ ގޮތަށް އުސޫލު އޮންނަނީ އެފަދަ ހާލަތެއްގައި ހޮސްޕިޓަލަށް ދެވެން ވާނެ
މަބުރޫކް: މިއަދު 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައިވޭ، މިހާތަނަށް 139 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައިވޭ
މަބުރޫކް: މިހާތަނަށް 526 މީހަކަށް ފަރުވާ ދެމުންދަނީ އަދި މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4049 މީހަކު ވަނި ފާހަގަ ވެފައި. މިއަދު 28 މީހަކު ވަނީ ދޫކޮށްލެވިފަ
މަބުރޫކް: މިއަދު މީހާތަނަށް 9231 ސާމްޕަލް ނެގިފައިވޭ، ޕޮޒިޓިވް ވެފައިވަނީ މިހާތަނަށް 545 މީހުން. ނެގެޓިވް 8344 ސާމްޕަލް. އަދި ނަތީޖާ ނުލިބޭ 316 ސާމްޕަލް އެބަ ހުރި. ނިއުސްކޮންފަރެންސަށް އެރުމުގެ ކުރިން 15 މީހަކު ޕޮޒިޓިވް ވެފައިވާ އެތަނުން 14 ފަރާތަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެނުނު ފަރާތްތައް 1 ފަރާތަކީ އިންޑިޕެންޓެންޓް ސާމްޕަލެއް
މާލޭގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން އަންނަ މަސަައްކަތްތަކާ ބެހޭ ގޮތުން ގައުމާ މުހާތަބު ކުރައްވައި މިއަދު ހަވީރު ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި މި ބަލި ފެތުރޭ މިންވަރު އިތުރުވެދާނެކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާ ކަމަށެވެ.
އެހެންވުމުން މިދިޔަ ދުވަސްތަކުގައި ރައްޔިތުން ދެއްވި އެއްބާރުލުން ދީ، އަންނަ އޮތް ދެ ހަފްތާފައި ފަރުވާތެރިކަމާއި ވިސްނުންްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ޓްރެއިންނިންގ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެ ދިޔަ ބައެއް ޑޮކްޓަރުންނާއި ނަރުހުން ސީޕްލޭނެއްގައި މިއަދު ވަނީ ކުޅުދުއްފުއްޓަށް ގެނެސްފައި. ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، އެ މީހުންވެސް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުން ހޮސްޕިޓަލުން ކުއްޔަށް ނަގާފައިވާ ގެއެއްގައި ކަރަންޓީނުކުރިއިރު އެކަކު ކަރަންޓީނުކުރަން ހަމަޖެހިފައިވަނީ އެމްޕީއެލްގެ ގެސްޓްހައުސްގައި ކަމަށެވެ.
ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް އިތުރު މީހަކު ލައިފި އެވެ. ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދު ވިދާޅުވީ، އެމްޕީއެލްގެ ކަރަންޓީނު ފެސިލިޓީއަށް އިއްޔެގެ ވަގުތެއްގައި އިތުރު މީހަކު ލާފައިވާ ކަމަށެވެ.
ތެޔޮ ބާޖެއްގައި މަސައްކަތް ކުރާ އެ މީހަކީ ކަނޑުމަތީގައި ހުންނަތާ އެތަކެއް ދުވަސްތަކެއްވެފައިވާ މީހެއްކަމަށާ އޭނާގެ އަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލިޔުންވެސް އޮތް ކަމަށެވެ. އެހެންވުމުން އުސޫލުތަކުގެ ތެރެއިން އޭނާ ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، އެކި ބޭނުންތަކަށް މާލެގޮސް ތިބި ފަރާތްތަކުން ރަށަށް ގެނައުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ މެދުގައި މަޝްވަރާކުރެވުމުންދާ ކަމަށާ ސަރުކާރުން އެކަން ނިންމާ ހިސާބުން އެ މީހުން ރަށަށް ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެހެންވުމުން މިހާރު އެ ފެސިލިޓީގައި 8 މީހަކު އެބަތިއްބެވެ. އެއީ ކުމުންދޫއަށް ނިސްބަތްވާ 2 މީހަކާއި ކުޅުދުއްފުއްޓަށް ނިސްބަތްވާ 6 މީހެކެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުންނަށް ކެއުމުގެ ކަންތައްތައް ފޯރުކޮށްދެނީ ވަކި އިންތިޒާމުތަކެއްގެ ދަށުން އެ މީހުން އާއިލާތަކުންނެވެ. ކުމުންދޫގެ ދެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ އެލްޖީއޭ މެދުވެރިކޮށް ހދ އަތޮޅު ކައުންސިލުންނެވެ.
މަބުރޫކް: މަސައްކަތް ކުރަން މަރުވި މީހާގެ މައްސަލައިގެ ރިޕޯޓް ނެރުމަށް. މިހާރުވެސް އުމުރުން ދުވަސް މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތް ދަނީ ކުރަމުން
މަބުރޫކް: މާލޭގައި ތިބި ރަށްރަށު މީހުން ދިއުމުގެ އުސޫލަށް ބަދަލުތަކެއް އަންނަމުން އެބަ އާދޭ، މުޅިން އުސޫލު ހަމަޖެހުމަށްފަހު އުސޫލު އަދި ނުނިކުމޭ، ކައުންސިލްތަކާއި މަޝްވަރާ ކުރަމުން ދަނީ އެބޭފުޅުން ކަންތައް ކުރަން ބޭނުންވާ ގޮތް
ޑރ މުހައްމަދު : 88 އަހަރުގެ މީހާގެ ހާލު ސީރިއަސްްވެގެން ނޭވާލާ ހޮޅިތަކުގެެ ވަށައިގެން ފެން ހެދިގެން މިއަދު މެންދުރު ވެންޓިލޭޓަރަށް ލައިފައި ވަނީ. އޭނާ އަށް ފުރަތަމަ ދިން ވަރަށް ވުރެ އޮކްސިޖަން ދޭ ވަރު އިތުރު ކުރާކަށް ނުޖެހޭ. އެކަމަކު ލޭގެ ޕްރެޝާ ދަށްވަމުން ދާތީ، ހިފެހެއްޓުމަށް ބޭސް ދެމުން ދަނީ
ޑރ. އަފްޒަލް: ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ޕަސެންޓޭޖަކީ، ބަންގްލަދޭޝް 59 ޕަސެންޓް. ދިވެހިން 34 ޕަސެންޓް. އިންޑިޔާ 10 އަދި އެހެނިހެން ގައުމުތައް 4 ޕަސެންޓް.
ޑރ އަފްޒަލް: އާންމުކޮށް މީހާތަނަށް ފެންނަ އަލާމާތަކަކީ ހިކިކޮށް ކެއްސުން، ހުން އައުން، ކަރުގައި ރިހުން
ޑރ އަފްޒަލް: އެންމެ ބޮޑުކޮށް ފެންނަނީ ބާޒަރު މަތީގެ ކްލަސްޓަ، ދެން ބޮޑުކޮށް ފެންނަނީ ކޮވިޑް ވިލޭޖް އަދި ކޮކާ ކޯލާ ކްލަސްޓާ. ބާޒާރުމަތި ކްލަސްޓާ އިން 925 މީހުން ކޮންޓެކްޓް ޓްރޭސިން މަސައްކަތުން ފާހަގަވި.
ޑރ. އަފްޒަލް: ޕޮޒިޓިވްވި ގިނަ މީހުންނަކީ ފިރިހެނުން، އެގޮތުން 85 ޕަސަންޓު މީހުންނަކީ ފިރިހެނުން. އަދި 14 ޕަސަންޓު މީހުންނަކީ އަންހެނުން.
މަބުރޫކް: ބައްޔަށް ފަރުވާ ދެމުން ދަނީ 506 މީހަކަށް. އައިސޮލޭޝަންގައި 452 މީހުން އެބަތިބި. ކަރަންޓީން ފެސިލިޓީތަކުގައި 1،547 މީހުން އެބަތިބި. އަދި 31 މީހަކު ވަނީ 14 ދުވަސް ފުރިހަމަކޮށްފައި ކަރަންޓީނުން ދޫކޮށްލާފައި
މަބުރޫކް: މިއަދު މިހާ ހިސާބަށް 8813 ސާމްޕަލެއް ނަގާފއިވޭ. ނަތީޖާ ނުލިބޭ 212 ސާމްޕަލް ހިމެނޭ. 8،064 ސާމްޕަލެއް ނެގެޓިވް. ކޭސްތަކުގެ ކޮންޓްރެކްޓް ޓްރޭސިންގައި 3950 މީހަކު ފާހަގަ ވެފައިވޭ، މިހާތަނަށް 261 ތަނެއް ވަނީ މޮނީޓަރިންނަށް ލެވިފައި
އިތުރު 8 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 527 އަށް އަރައިފި
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޮޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖުގައި ހަމީދު ވިދާޅުވީ މިނިވަން މީޑިއާގެ އަސާސްތައް ކުރިއަރުވައި ފުލުހުންނާއި މީޑިއާތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރާނެ ކަމަށާއި އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަން ވަރަށް މުހިއްމު ކަމަށެވެ.
Commissioner of Police @M_Hameedh's message to the hardworking media personnel out there, on the occasion of #WorldPressFreedomDay pic.twitter.com/Ix6ZOUKoV9
— Maldives Police (@PoliceMv) May 2, 2020
ހދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސުކޫލް ފަރާތުން ސޯޝަލް ސަޕޯޓް ޑެސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާސްކު ހަދިޔާކޮށްފި
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު 519 އަށް އަރައިފި. ރައްޖޭން މިއަދު ޕޮޒިޓިވް ވެފައިވަނި 28 މީހުން. ފަހުން ޕޮޒިޓިވް ވެފައިވަނީ 4 ދިވެހިންނާއި ސްރީލަންކާ މީހެއް
މަބުރޫކް:މިއަދު ކުޅުދުއްފުއްޓަށް ދިޔަ މީހުންގެ މައުލޫމާތު އާސަންދަ ކުންފުނި މެދުވެރިކޮށް ކުޅުދުއްފުށީ ކައުންސިލަށް ވަނީ އަންގާފަ
މަބުރޫކް: މިވަގުތު ފޯކަސް ކުރަނީ ދެ ކަމަކަށް. އެއީ މި ބަލިން އަރާގަތުމަށް. ދެން ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ބަނގުރޫޓުނުވެ ހިފެއްހެއްޓޭނެ އޮނިގަނޑެއް ގާއިމް ކުރުމާއި އިކޮނިމިކް ހިފެހެއްޓުމަށް ސްޓްރަކްޗާރ ހިފެއްހެއްޓިފައި އޮތްތޯ.
މަބުރޫކް: ޑޮކްޓަރެއް ނެތިގެން ފަރުވާ ނުދެވޭ ހިސާބަށް އެއްވެސް ރަށެއްގަ ކަންކަން ނުދާނެ ކަމަށް މި ބެލެވެނީ.
މަބުރޫކް: މާލޭގައި ބިދޭންސިން ތިބި އަދަދަށް ބަލާފަ އެކަށީގެންވާ ގޮތެއްގައި މިކަން ނުކުރެވޭނެ. އެހެން ނަމަވެސް ރިސްކް ލެވެލް ދަށް ކުރެވިދާނެ. ބިދޭންސީން މިއުޅެނީ އެންމެ ކޮންޖެސްޓް ތަންތަނުންގައި. އެންމެ އަަވަހަށް ބަލިތައް ފެތުރެމުން ދަނީ އެތަންތަނުން. ރިސްކު ލެވެލްދަށް ކުރުމަށް އެތަންތަނުން މީހުން އެހެން ތަންތަނުން ބަދަލު ކުރެވިދާނެ
މަބުރޫކް: 7 މީހަކު މިއަދު ކުޅުދުއްފުއްޓަށް ދިޔައީ، އެއީ އާސަންދަ ފަރާތުން ދިޔަ މީހުން. އެއީ 3 ބަލި މީހުންނާ އެމީހުންގެ ޑިޕެންޑެންޓުން. އެތަނުން 5 މީހުންނަކީ ކުޅުދުއްފުށި މީހުން، އަނެއް 2 ބޭފުޅުންނަކީ ކުމުންދޫގެ ދެ ބޭފުޅުން. މިވަގުތު ހުރިހާ ބޭފުޅުންވެސް ތިބީ ކަރަންޓީން ފެސިލިޓީގައި.
މަބުރޫކް: ގުޅިފަޅުގައި ހަދާ ތަނުގައި 4،704 މީހުން ބޭތިއްބޭނެ. ހުޅުމާލޭގައި ހުންނަ ތަނުގައި 400 އެއްހާ މީހުން ބޭތިއްބޭނެ. ޔަގީން އަދަދު ސާފުކޮށްލާފަ އަންގާލަ ދޭނަން
މަބުރުކް: ފުރަތަމަ ހަމަޖައްސަނީ ކުރު ދަތުރުތަކުގައި ނުވަތަ ބޭސް ފަރުވާއަށް މާލެއަށް ދެތިން ދުވަހަކަށް ވަޑައިގެން ތިއްބެވި ބޭފުޅުން ރަށައް ފޮނުވުމަށް
މަބުރޫކް: 260 ތަނެއް އޮތީ މޮނިޓަރިންގެ ހާލަތުގައި. އައިސޮލޭޝަންގައި 447 މީހުން އެބަތިބި، ކަރަންޓީންމ 1311 މީހުން އެބަތިބި. ކަރަންޓީން ފެސިލިޓީތަކުން ތިން މީހަކު ވަނީ ދޫކޮށްލާފައި.
މަބުރޫކް: ފައްސިވެފައި ވަނީ 176 ދިވެހިންނާއި 343 ބިދޭސީން. ރާއްޖޭގައި ފަރުވާދެމުން ދަނީ 498 މީހުންނަށް. ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 3،825 މީހެއް ފާހަގަ ކުރެވިފައިވޭ.
މަބްރޫކް: މިހާތަނަށް 8،429 ސާމްޕަލެއް ނެގި އިރު 7،700 ސާމްޕަލެއްގެ ނެގެޓިވް. ނަތީޖާ ނުލިބޭ 215 ސާމްޕަލެއް ހިމެނޭ.
މަބްރޫކް: ތަމަސެކްގެ ފަރާތުން 5000 ޓެސްޓް ކިޓް، ކްރައުން ކޮމްޕެނީގެ ފަރާތުން 300 ޕީޕީއީ ލިބިފައިވޭ. ވެލާ ރިސޯޓުގެ ފަރާތުން 10،000 ޓެސްޓް ކިޓް ހިމެނޭ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން ވިދާޅުވީ، އެކައުންސިލަށްވެސް އެރަށު ބަޔަކު އަންނަކަން އެޗްޕީއޭއިންވެސް އަންގާފައިނުވާ ކަމަށެވެ. ކުމުންދޫ ދެ މީހުންނަކީ ބޭސްފަރުވާއަށް ގޮސް އައި ބަޔަކުކަމަށް މައުލޫމާތު ލިބޭކަމަށް އަމީން ވިދާޅުވި.އެ މީހުންގެ ގެނެސްފައިވަނީ އާސަންދައިންކަމަށް މައުލޫމާތު ލިބޭކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ ކުޅުދުއްފުށީގައި މިވަގުތު ތިބި އެ ދެ މީހުން ރަށަށް ގެނައުމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްއަށް ނޭނގި، މާލެއިން ކުޅުދުއްފުއްޓަށް ފޮނުވާލި މިއަދު މެންދުރުފަހު ފޮނުވާލި 7 މީހުންގެ ތެރެއިން ކުޅުދުއްފުއްޓަށް ނިސްބަތްވާ 5 މީހުން އެމްޕީއެލްގެ ގެސްޓް ހައުސްގައި ކަރަންޓީނުކޮށްފި އެވެ. އެ ފަސް މީހުން އެމްބިއުލާންސްގައި ސީދާ ގެންގޮސްފައިވަނީ ކަރަންޓިނު ފެސިލިޓީއަށެވެ. އެ ފްލައިޓްގައި ދެން ތިބި ކުމުންދޫއަށް ނިސްބަތްވާ ދެ މީހުން އަދިވެސް ތިބީ އެއާޕޯޓްގައި އެވެ. އެތަނުގައި ކުޅުދުއްފުށީ ޓާސްކް ފޯސްއަށް ނިސްބަތްވާ ވެރިން ދަނީ ހަރަކާތްތެރިވަމުން
ކުޅުދުއްފުށީގައި އުޅޭ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބި އާއިލާތަކާއި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ޓާސްކް ފޯސް އިން ފަށައިފި އެވެ.
މި ފަދަ ފަރާތެއް އެނގޭނަމަ ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 6527173 އަށް ގުޅުއްވާ ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެދޭ. އަމިއްލައަށް ގުޅުވައިގެން ނުވަތަ މިފަދަ ފަރާތެއް އެނގޭ އެހެން ފަރާތަކަށްވެސް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި.
📌ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކު ފޯސްގެ ފަރާތުން ތީރީގައިވާ ހާލަތްތަކަށް ފެތޭ މީހުން/އާއިލާ ތަކުގެ މަޢުލޫމާތު އެއްކުރުމަށް...
Posted by Kulhudhuffushi Council on Friday, May 1, 2020
އިތުރު 10 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 491 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަނގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެއްކަމަށެވެ.
✳️ COVID-19 Update:
— Health Protection Agency (@HPA_MV) May 1, 2020
As of 1st May, 11:50pm, we have confirmed an additional 10 cases of COVID-19 infection in Maldives.
Cases:
- 5 Maldivians
- 3 Bangladeshis
- 2 Indians
Total number of active cases: 491
ނ. މަނަދޫން އިތުރު ފަރުވާ އަށް ރޭ މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ހއ. ތަކަންދޫގައި ތިބި ތިން މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެރަށު ކައުންސިލުން ދެންމެއް ބުނެފި. ތަކަންދޫ ކައުންސިލުން ބުނެފައިވަނީ ތަކަންދޫގައި ތިބި ތިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެޗްލީއޭ)އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކާވިޔާ ބޯޓު ދަތުރު ކުރި ހަތް ރަށެއް މީގެ ކުރިން މޮނިޓަރިންއަށް ގެންދިޔަ އެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމުންނެވެ.
🛫 މޯލްޑިވިއަން އެމަރޖެންސީ ކާރގޯ ފްލައިޓްތައް މެދުވެރިކޮށް މާލެއިން ކުޅުދުއްފުއްޓަށް އަދި ކުޅުދުއްފުށިން މާލެއަށް މުދާ...
Posted by Kulhudhuffushi Council on Thursday, April 30, 2020
ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހަކަށް ވެފައި މިވަނީ އިއްޔެ. އިއްޔެ އެކަނި ވެސް 188 މީހަކު ވަނީ ޕޮޒިޓިވް ވެފައި. އޭގެ ތެރެއިން 170 މީހުންނަކީ ބިދޭސީން.
އިތުރު 72 ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި. އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން.
މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފި
ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 116 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި
އެޗްޕީއޭއިން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި މިއަދު ފެނުނު ކޭސްތަކުގައި ހިމެނީ 61 ބަންގްލަދޭޝް މީހަކާއި 32 އިންޑިއާ މީހެއް އަދި ނޭޕާލްގެ ދެ މީހެކެވެ. އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދޭ.
މިއަދު އެކަނި 95 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިއީ އެއް ދުވަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފަހަރެވެ. މިއަދު ޕޮޒިޓިވްވި 95 މީހުންނާ އެކު މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 394 މީހުންނެވެ.
✳️ COVID-19 Update:
— Health Protection Agency (@HPA_MV) April 30, 2020
As of 30 Apr, 4:30pm, we have confirmed an additional 95 cases.
Cases:
- 61 Bangladeshis
- 32 Indians
- 02 Nepalese
These samples were taken from individuals in isolation at a vulnerable house placed under police surveillance.
Total number of cases: 396
ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާ ގާތުން ބައްދަލުވެފައިވާ ނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް ހެލްތު ޕްރޮޓެލްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފް ކޮށްފި އެވެ.
✳️ We have now launched our contact tracing app — TraceEkee.
— Health Protection Agency (@HPA_MV) April 29, 2020
TraceEkee supports the efforts to mitigate community spread of Covid-19 in the Maldives through community-driven detailed contact tracing.
Note: iOS app to be launched soon.https://t.co/xHKtbjKDus
ގއ. ކަނޑުހުޅުދޫގައި އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި މަރުވެފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުރަބަންދުގައި ގޭގައި ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމު. ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މި ދުވަސްވަރު ކުރެވިދާނެ ބައެއް މުހިންމު ކަންތައް:
އެދުވަހެއްގެ ކަންކަން ރޭވުންތެރިކަމާއެކު ވަގުތު ތަކަށް ބަހާލުން
ނިދުމުގެ ކުރިން ފޯން، ޓީވީ ސްކްރީން ފަދަ އެއްޗަކަށް ނުބަލާ 3 ގަޑިއިރު ތަފާތު ކަމެއްގައި ހޭދަކޮށްލުން
ގޭގައި ކުރެވޭފަދަ ކަސްރަތު ކުރުމަށް އާދަ ކުރުން
ފުންކޮށް ނޭވާލުމުގެ އެކްސަސައިޒެއް ނުވަތަ މެޑިޓޭޓް ކުރުންފަދަ ނަފްސު ހަމަޖައްސައިދޭ ކަމެއްގައި ޝާމިލްވުން
ހެލްތް މިނިސްޓަރ އަމީން: އެއްވެސް ކަމެއްގައި އިހުމާލެއް އޮތް ނަމަ ބަލާނަން.
ހެލްތް މިނިސްޓަރ އަމީން: ކްރިޓިކަލް ހާލަތަކަށް ރައްޖެ ގޮސްފިނަމަ ޓްރީޓޮޕް ހޮސްޕިޓަލް ހާއްސަ ވާނީ ކްރިޓިކަލް ފަރުވާދޭ ތަނަކަށް
މަރުވި އަންހެން މީހާ ހިނެވުމުގެ ކަންކަން ކުރިއަށް ދާނީ އަންހެން ސިފައިން
ހެލްތު މިނިސްޓަރު އަމީން: އާންމުކޮށް ހަ ގަޑިއިރުގެ ތެރޭގައި ސާމްޕަލްގެ ނަތީޖާ ލިބެނީ. އެކަމަކު، މި ފަހުން އަދަދުތައް އިތުރުވަމުން ދިއުމާއި ކޮންޓެކްޓް ޓްރޭސިންގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައި ބަލި ހުރި މިންވަރު ބެލުމަށް ސާމްޕަލްތައް ނެގޭ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މޮނިޓަރިން ހާލަތުގައި ކުރަން ޖެހޭ ކަމެއް ނުކުރެވިގެން އުޅޭ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ. އައިޖީއެމްއެޗްގައި ތިބި ހުރިހާ ބަލި މީހުންނާ ގުޅޭ ޑައިރެކްޓް ކޮންޓެކްޓުން ހޯދައި ސާމްޕަލް ނެގިފައި ވާނެ ކަމަށް ގަބޫލު ކުރަނީ.
ޑރ. ލަތީފް: ހައި ރިސްކް ބަލި މީހުންގެ ސާމްޕަލް ނަތީޖާ ނުލިބުނަސް، ބަލަން ވާނީ ޕޮޒިޓިވް ކަމަށް. ފުރަތަމަ ނަތީޖާ ނެގެޓިވްވިޔަސް، 14 ފަހުން އެބަހުރި ޕޮޒިޓިވްވެފައި.
ރާއްޖެ އިން މިހާތަނަށް 280 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
މާލެ އިން ހަ ވަނަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދާދި ދެންމެއަކު ހާމަކޮށްފި އެވެ. މިއީ ކޭސް 23 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށް އެ އިދާރާ އިން ހާމަކުރެ އެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެއިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވި ތިން ކޭހުގެ ތެރެއިން ކޭސް 21 އަކީ ފުރަތަމަ ޕޮޒިޓިވް ވި އަންހެން މީހާ އެވެ. އެއީ ކޭސް 22 އަކީ އޭނާގެ ތުއްތު ދަރިފުޅެވެ.
ކޭސް 23 އަކީ ތިން ވަނައަށް ޕޮޒިޓިވްވި އަންހެންމީހާ، ކޭސް 23 ގައި ހިމެނޭ އަންހެން މީހާ އަކީ ވެސް މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ރިސޯޓްތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް އެކަން އެންގުމަށް އެދެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ރޭ ދަންވަރު ނެރުނު އެންގުމެއްގައި ބުނީ ވޭތުވެދިޔަ ތަނުގައި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުން ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ލަސްނުކޮށް އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ. އެ މުވައްޒަފުން ރިސޯޓުތަކުން ފޭބުމުގެ ހުއްދަ ދިނީ ޓެސްޓް ހެއްދުމަށްފަހުއެއް ނޫނެވެ.
މިހާރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. އަދި މިއަދު އިރުއޮއްސި 6 ކުން ފެށިގެން މުޅި ރާއްޖެ ލޮކްޑައުންއަށް ގެންނަން ވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.
ރާއްޖެ ޓޫރިސްޓުން އައުން މަނާ ކުރުމާއެކު ރިސޯޓްތަކުން ޓޫރިސްޓުން ހުސްވެ ބަންދު ކުރުމާއެކު އަދި ޓޫރިސްޓުން ރިސޯޓުން ފޭބިތާ 14 ދުވަސްވުމާއެކު ގިނަ ރިސޯޓް މުވައްޒަފުން ވަނީ އެމީހުން ރަށްރަށަށް ފުރަފުރައިގެން ގޮސްފަ އެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އަންގާފަ އެވެ.