#vihi24 pic.twitter.com/vlGsfsXJMz
— Elections Commission (@ElectionsMv) April 21, 2024
B05.09.3 (އެމްއެންޔޫ ކުލާސް 4) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 402 މީހުންނަށް. މި ފޮއްޓާށް ވޯޓް ލައިފައިވަނީ 281 މީހުންނެ. އެއީ 160 އަންހެން 121 ފިރިހެނުންނެ.
މި ފޮށީގެ ވަގުތީ ނަތީއްޖާއަކީ ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓް ފަރުހަތު މުހައްމަދަށް 145 ވޯޓް، އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓް އައިމަން މުހައްމަދަށް 8 ވޯޓް، އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދަށް 117 ވޯޓް، ބާތިލް 11 ވޯޓް.
ވޯޓުފޮށިތަކުގެ ނަތީއްޖާލިބެންފަށައިފި
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބުނި ގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ %72.96 މީހުން.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 17:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/WcXeUBLWm9
— Elections Commission (@ElectionsMv) April 21, 2024
ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން މިހާރު ވަނީ ފަށާފައި. ބެލޭވެ ގޮތުގައި މާ ގިނައިރުތަކެއް ނުވެ ނަތީޖާތައް ލިބެން ފަށާނެ.
އަފީފުއްދީން ސްކޫލް ހޯލް އުތުރުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 402 މީހުންނެ. އެއީ 219 އަންހެނުނާއި 183 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 547 މީހުންނަށް.
އަފީފުއްދީން ސްކޫލް ހޯލް އުތުރުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 633 މީހުންނެ. އެއީ 356 އަންހެނުނާއި 277 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 853 މީހުންނަށް.
އެންއޯސީ ހޯލްގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 767 މީހުންނެ. އެއީ 398 އަންހެނުނާއި 369 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 1034 މީހުންނަށް.
ކެމްޕަސް ކުލާސްރޫމް 3 ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 606 މީހުންނެ. އެއީ 316 އަންހެނުނާއި 290 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 746 މީހުންނަށް.
ކެމްޕަސް ކުލާސްރޫމް4 ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 281 މީހުންނެ. އެއީ 160 އަންހެނުނާއި 121 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 402 މީހުންނަށް.
ޖަލާލުއްދީން ސްކޫލް ހުޅަނގުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 698 މީހުންނެ. އެއީ 381 އަންހެނުނާއި317 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 874 މީހުންނަށް.
ޖަލާލުއްދީން ސްކޫލް އިރުމަތީގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 318 މީހުންނެ. އެއީ 198 އަންހެނުނާއި 120 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 521 މީހުންނަށް.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައި.
— Elections Commission (@ElectionsMv) April 21, 2024
ކިއުގައި މީހުން ތިބިނަމަ އެ ބޭފުޅުން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރެވޭނެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިރުމަތީގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 548 މީހުންނެ. އެއީ 292 އަންހެނުނާއި 256 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 682 މީހުންނަށް.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުޅަނގުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުން ބަންދުކުރިއިރު ވޯޓްލައިފައިވަނީ ޖުމްލަ 467 އެއީ 252 އަންހެނުނާއި 215 ފިރިހެނުންނެ. މި ފޮއްޓަށް ވޯޓްލުމުގެ ހައްގުލިބިފައިވަނީ 625 މީހުންނަށް.
ކިއުގައި މީހުން ނެތުމުން ބައެއް ވޯޓްފޮށިތައް ބަންދުކުރަން ފަށައިފި.
އެގޮތުން އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ދެ ފޮށި މިހާރު ވަނީ ބަންދުކޮށްފަ، އަދި ޖަލާލުއްދީން ސްކޫލް ހޯލުގައި ބެހެއްޓިފައިވާ 2 ވޯޓުފޮށީގެ ކިއު ބަންދުކޮށްފި
ޖަލާލުއްދީން ސްކޫލް ހޯލުގައި ބެހެއްޓިފައިވާ 2 ވޯޓުފޮށީގެ ކިއު ބަންދުކޮށްފި
ކިޔު ބަންދުކުރާ ގަޑި ކައިރިވި ވަރަކަށް ވޯޓްލުމަށް އަންނަ މީހުންގެ އަދަދު އިތުރު
މެންދުރު ފަހު ވޯޓްލާން ނިކުންނަ މީހުންގެ އަދަދު އިތުރު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވޯޓްލައިފި
ކުޅުދުއްފުށީގައި 4:00 ޖެހުމާއި ހަމައަށް ވޯޓުލީ މީހުންގެ ޖުމްލަ އަދަދު 4116 އަށްއަރައެ.
ކުޅުދުއްފުށީގައި މިއިންތިހާބުގައި 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު 1 ފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގުލިބިފައިވާ 7073 މީހުން އެބަތި.
#vihi24 pic.twitter.com/OefWCtjZrN
— Elections Commission (@ElectionsMv) April 21, 2024
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ.
— Maldives Police (@PoliceMv) April 21, 2024
އެއީ، ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން މާލެއިން ހައްޔަރުކުރި އެކަކު. އަދި، ވޯޓުލުމަށް ހުރަސްއަޅައި، ވޯޓުލައި މަރުކަޒުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ގދ. ފިޔޯރީން ދެ މީހުން.
ކުޅުދުއްފުށީގައި މިފަދަ ހާދިސާއެއް އަދި ހިނގާފައެއް ނުވޭ.
ޖަލާލުއްދީން ސްކޫލް ހޯލްގެ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 622 މީހުން ވޯޓް ލައިފި. އަދި ރަށުން ބޭރު މީހުންގެ ފޮއްޓަށް 275 މީހުން ވޯޓްލާފައިވޭ. އޭއީސީ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 401 މީހުން ވޯޓްލާފައިވާއިރު އޭއީސީ ހޯލްގެ އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް މިހާތަނަށް 456 މީހަކު ވޯޓްލާފައިވޭ.
ކެމްޕަސް ކްލާސް 4 ގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން 1 މީހަކަށް މިހާތަނަށް ވޯޓު ނުލެވި ވެއެ. އެއީ އެ މީހާގެ އައިޑީކާޑު މުއްދަތު ހަމަވާ ތާރީހު ކާޑުގައި ސާފުކޮށް އެންގެން ނެތުމުންނެ.
ކެމްޕަސް ކްލާސް 4 ގައި ބެހެއްޓިފައިވާ ފޮއްޓަށް 254 މީހަކު ވޯޓްލާފައިވޭ. އަދި ކެމްޕަސް ކްލާސް 3 ގައި ބެހެއްޓިފައިވާ ފޮއްޓަށް 541 މީހަކު ވޯޓްލާފައިވޭ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓްލައިފި
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 14:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/s4nkKPsaoA
— Elections Commission (@ElectionsMv) April 21, 2024
މިއަދު މެންދުރު ރާއްޖޭގެ ހުރިހާ ހިސާބަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި، ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުގެ މަންދޫބުންނާއި ސަޕޯޓަރުން ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު ދަނީ ހަރަކާތްތެރިވަމު.
އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތއް. pic.twitter.com/Em4otfQk3U
— Health Protection Agency (@HPA_MV) April 21, 2024
މިއަދު މެންދުރު ރާއްޖޭގެ ހުރިހާ ހިސާބަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި، ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުގެ މަންދޫބުންނާއި ސަޕޯޓަރުން ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު ދަނީ ހަރަކާތްތެރިވަމު.
އެންއޯސީގައި ބެހެއްޓިފައިވާ ފޮއްޓަށް 434 މީހަކު ވޯޓްލާފައިވާއިރު އަފީފުއްދީން ސްކޫލް ހޯލް އުތުރު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 409 މީހަކު ވޯޓްލާފައިވޭ. އަދި އަފީފުއްދީން ސްކޫލް ހޯލް ދެކުނުކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 229 މީހަކު ވޯޓްލާފައިވޭ.
ކެމްޕަސް ކްލާސް 4 ގައި ބެހެއްޓިފައިވާ ފޮއްޓަށް 190 މީހަކު ވޯޓްލާފައިވޭ. އަދި ކެމްޕަސް ކްލާސް 3 ގައި ބެހެއްޓިފައިވާ ފޮއްޓަށް 355 މީހަކު ވޯޓްލާފައިވޭ.
އޭއީސީ ހޯލްގެ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް މިހާތަނަށް 291 މީހަކު ވޯޓްލާފައިވޭ.
13:00 އާއި ހަމައަށް 60 އިންސައްތަ މީހުން ވޯޓުނުލާކަން ފާހަގަކޮށްލެވޭ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 13:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/7bp1Yd68ki
— Elections Commission (@ElectionsMv) April 21, 2024
މެންދުރު 12:00 އާ ހަމައަށް 191،439 މީހުން ވޯޓު ނުލާކަން ފާހަގަކޮށްލެވޭ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 12:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/uIF5dP8log
— Elections Commission (@ElectionsMv) April 21, 2024
ކުޅުދުއްފުށީ ހުރިހާ ވޯޓުފޮށިތަކެއްގައިވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން
އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 11:00 އާ ހަމައަށް ޖުމްލަ 70،949 މީހުން ވަނީ ވޯޓުލައިފަ. ވޯޓުލައިފައިވަނީ 29،762 އަންހެނުންނާއި، 41،187 މީހުން.
ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލު ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓްލާން ދިޔަ 2 މީހަކަށް އައިޑީކާޑުގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން ވަނީ ވޯޓްނުލެވި.
މިއަދު މެންދުރު ރާއްޖޭގެ ހުރިހާ ހިސާބަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި، ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުގެ މަންދޫބުންނާއި ސަޕޯޓަރުން ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު ދަނީ ހަރަކާތްތެރިވަމު.
އެންއޯސީގައި ބެހެއްޓިފައިވާ ފޮއްޓަށް 364 މީހަކު ވޯޓްލާފައިވާއިރު އަފީފުއްދީން ސްކޫލް ހޯލް އުތުރު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 323 މީހަކު ވޯޓްލާފައިވޭ. އަދި އަފީފުއްދީން ސްކޫލް ހޯލް ދެކުނުކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 189 މީހަކު ވޯޓްލާފައިވޭ.
ކެމްޕަސް ކްލާސް 4 ގައި ބެހެއްޓިފައިވާ ފޮއްޓަށް 123 މީހަކު ވޯޓްލާފައިވޭ. އަދި ކެމްޕަސް ކްލާސް 3 ގައި ބެހެއްޓިފައިވާ ފޮއްޓަށް 307 މީހަކު ވޯޓްލާފައިވޭ.
ޖަލާލުއްދީން ސްކޫލް ހޯލްގެ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 373 މީހުން ވޯޓް ލައިފި. އަދި ރަށުން ބޭރު މީހުންގެ ފޮއްޓަށް 153 މީހުން ވޯޓްލާފައިވޭ. އޭއީސީ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 235 މީހުން ވޯޓްލާފައިވާއިރު އޭއީސީ ހޯލްގެ އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް މިހާތަނަށް 285 މީހަކު ވޯޓްލާފައިވޭ.
ކުޅުދުއްފުށީ ފޯކަލް ޕޮއިންޓް ވިދާޅުވާގޮތުގައި ކުދިކުދި ޝަކުވާތައްލިބުނު ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރާވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައިނުވާކަމަށް.
ކުޅުދުއްފުށީގައި ބެހެއްޓިފައިވާ ވޯޓްފޮށިތަކަށް ބަލާއިރު ގިނަ ފޮށިތައް ކައިރީގައި ކިޔު ނެތްކަން ފާހަގަކުރެވޭ. މިހާތަނަށް އައިރު ވޯޓްލާން ނުކުތް މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު. ވޯޓްލުމުގެ ކަންކަން ކުޅުދުއްފުށީގައި ކުރިއަށްދަނީ ވަރަށް އަމާން އޮމާންކަން ފާހަގަކުރެވޭ
ޖަލާލުއްދީން ސްކޫލް ހޯލްގެ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 181 މީހުން ވޯޓް ލައިފި. އަދި ރަށުން ބޭރު މީހުންގެ ފޮއްޓަށް 69 މީހުން ވޯޓްލާފައިވޭ. އޭއީސީ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 166 މީހުން ވޯޓްލާފައިވާއިރު އޭއީސީ ހޯލްގެ އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް މިހާތަނަށް 174 މީހަކު ވޯޓްލާފައިވޭ.
އެންއޯސީގައި ބެހެއްޓިފައިވާ ފޮއްޓަށް 187 މީހަކު ވޯޓްލާފައިވާ ކެމްޕަސް ކްލާސް 4 ގައި ބެހެއްޓިފައިވާ ފޮއްޓަށް 83 މީހަކު ވޯޓްލާފައިވޭ. އަދި ކެމްޕަސް ކްލާސް 3 ގައި ބެހެއްޓިފައިވާ ފޮއްޓަށް 172 މީހަކު ވޯޓްލާފައިވޭ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި 9:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް #vihi24 pic.twitter.com/Hn6XaLolc4
— Elections Commission (@ElectionsMv) April 21, 2024
10 ޖެހުމާހަމައަށް އަފީފުއްދީން ސްކޫލްގެ އުތުރުކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 177 މީހުން ވޯޓްލާފައިވޭ. އަދި އެ ސްކޫލް ހޯލުގެ ދެކުނު ކޮޅުގައި ބެހެއްޓި ފޮއްޓަށް 106 މީހުން ވޯޓްލާފައިވޭ. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއްނުވޭ. ވޯޓްލާން ނުކުންނަށް މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ.
އީސީން އާންކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 9 އާ ހަމައަށް ވޯޓުލާފައިވަނީ 8.68 އިންސައްތަ މީހުން. އޭގެ ތެރޭގައި ގިނައީ ފިރިހެނުން. އެގޮތުން، 16،900 ފިރިހެނުން ވަނީ ވޯޓުލާފައި. އަދި، 7،803 އަންހެނުން ވަނީ އެހާތަނަށް ވޯޓުލާފައި.
މިއަދުވެސް ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ. 800 ކިލޯވޯޓްގެ އިންޖީނަކަށް މައްސަލައެއް ޖެހި ލޯޑްމަތިވާ ގަޑިތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެކަމަށް ފެނަކައިން މައުލޫމާތުދޭ. ކަރަންޓް ކެނޑޭ ކޮންމެ ސަރަހައްދަކަށްވެސް ކަރަންޓް ކެނޑޭތާ އެއްގަޑިއިރުގެ ތެރޭގައި އަލުން ކަރަންޓް ދެވޭނެކަމަށް ފެނަކައިން ބުނޭ.
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގައި ވާދަކުރައްވާ ކެނޑިޑޭޓު ފަރުހަތު މުހައްމަދު ވޯޓުލައްވައިފި.
B04.09.1 (އެމްއެންޔޫ/ ކުލާސް 3) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 385، ފިރިހެން 361 ޖުމްލަ 746 މީހުންނަށް.
B04.09.2 (ޖަލާލުއްދީން ސްކޫލް ހޯލް/ ހުޅަނގު) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 460، ފިރިހެން 414 ޖުމްލަ 874 މީހުންނަށް.
B04.09.3 (އޭއީސީ ހޯލް/ ހުޅަނގު) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 313، ފިރިހެން 312 ޖުމްލަ 625 މީހުންނަށް.
B04.09.4 (އޭއީސީ ހޯލް/ އިރުމަތި) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 361، ފިރިހެން 321 ޖުމްލަ 682 މީހުންނަށް.
B05.09.1 (އެންއޯސީ) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 536، ފިރިހެން 498 ޖުމްލަ 1034 މީހުންނަށް.
B05.09.2 (ޖަލާލުއްދީން ސްކޫލް ހޯލް/ އިރުމަތި) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 322، ފިރިހެން 199 ޖުމްލަ 521 މީހުންނަށް - 86 ދާއިރާ / ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ ފޮށި.
B05.09.3 (އެމްއެންޔޫ ކުލާސް 4) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 216، ފިރިހެން 186 ޖުމްލަ 402 މީހުންނަށް.
B05.09.4 (އަފީފުއްދީން ހޯލް/ ދެކުނު) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 287، ފިރިހެން 260 ޖުމްލަ 547 މީހުންނަށް.
B05.09.5 (އަފީފުއްދީން ހޯލް/ އުތުރު) މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އަންހެން 455، ފިރިހެން 398 ޖުމްލަ 853 މީހުންނަށް.
އޭއީސީ ހޯލުގައި އިރުމަތީގައި ބެހެއްޓިފައިވާ ފޮއްޓަށް 57 މީހަކު ވޯޓްލާފައިވޭ. ކެމްޕަސް ކްލާސް 3 ގައި ބެހެއްޓިފައިވާ ފޮއްޓަށް 91 މީހަކު ވޯޓްލާފައިވޭ.
9 ޖެހުމާ ހަމައަށް އެންއޯސީގައި ބެހެއްޓިފައިވާ ފޮއްޓަށް 62 ފިރިހެނުން އަދި 35 އަންހެނުން. އޭއީސީ ހޯލްގެ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް 61 މީހަކު ވޯޓްލާފައިވޭ
ކުޅުދުއްފުށީ އުތުރު ދާއިރާއަށް އެމްޑީޕީ އުތުރަށް ވާދަކުރައްވާ ކެނޑިޑޭޓު ޔާސިރު އަބްދުލް ލަތީފް ވޯޓުލައްވައިފި.
#vihi24 pic.twitter.com/rd9WAdPEmN
— Elections Commission (@ElectionsMv) April 21, 2024
މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފަ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހުންނަށް ލިބިފައިވޭ. އަދި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމުލަ 602 ވޯޓުފޮށި ވަނީ ބަހައްޓާފައި.
ކުޅުދުއްފުށީގައި މިއިންތިހާބުގައި 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު 1 ފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގުލިބިފައިވާ 7073 މީހުން އެބަތި.
ހުރިހާ ފޮއްޓެއް ކައިރީގައިވެސް ގިނަ ބަޔަކު ވޯޓްލުމަށް ގޮސްތިބިކަން ފާހަގަކުރެވޭ.
ވޯޓުލުން ފަށައިގެން ކުރިއަށް ދާއިރު ލައިވް އަޕްޑޭޓް ގެނެސްދެވޭނެ،
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ބާއްވާ ވޯޓުލުން ކުޅުދުއްފުށީގައިވެސް ފަށައިފި.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ބާއްވާ ވޯޓުލުން ކުޅުދުއްފުށީގައިވެސް ފަށައިފި އެވެ.
މުޅި ރައްޖޭގައި ބާއްވާ މި އިންތިހާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
އެގޮތުން ކުޅުދުއްފުށީގައި ދެ ދާއިރާއަކަށް ވޯޓުލުން ކުރިއަށްދާއިރު އެ ދެ ދާއިރާއަކީ ކުޅުދުއްފުށީ އުތުރު ދާއިރާ އަދި ކުޅުދުއްފުށީ ދެކުނު ދާއިރާ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންއަންނަ އެމްޑީޕީގެ ކެނޑިޑޭޓް ޔާސިރު އަބްދުލް ލަތީފާއި ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ދާއޫދެވެ. ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފަރުހަތު މުހައްމަދެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3559 މީހުންނަށެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3514 މީހުންނަށެވެ.
މުޅި ރާއްޖެއިން މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގައި ޖުމްލަ 9 ވޯޓުފޮށި ބެހެއްޓިފައިވާއިރު މީގެ ތެރެއިން 1 ފޮއްޓަކީ ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ ވޯޓު ފޮއްޓެކެވެ.
ވޯޓްލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ 5:30 ގެ ފަހުން އެއް މިނެޓު ވިޔަސް، ވޯޓުލާން އިތުރު ފުރުސަތެއް ނުދޭނެ ކަމަށާއި އެހެންވެ ގަޑި އަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރެ އެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައި ވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.