twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ކުޅުދުއްފުށި: ބައެއް ފޮށިތައް ގުނަން ފަށައިފި

Apr 10, 2021
1
21 Apr 08:14
ނަބީލާ އިސްމާޢީލް

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ބާއްވާ ވޯޓުލުން ކުޅުދުއްފުށީގައިވެސް ފަށައިފި.

ކުޅުދުއްފުށީގައި މިއިންތިހާބުގައި 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު 1 ފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގުލިބިފައިވާ 7073 މީހުން އެބަތިއްބެވެ.

30 Sep 10:48
ނަބީލާ އިސްމާޢީލް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ. 8:00 ޖެއިރު ކުޅުދުއްފުށީގައިވެސް ވޯޓުލުން ފަށައިފި އެވެ.

ކުޅުދުއްފުށީގައި މިބުރުވެސް 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު އެއްފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ޝަރުތުހަމަވާ 6037 މީހުން އެބަތިއްބެވެ.

10 Apr 21:54
އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އިރު ދެކުނު ދާއިރާ-1 އަފީފުއްދީން ސްކޫލް ހޯލު އުތުރު ކޮޅުގައި ބެހެއްޓިފައިވާ ވޯޓި ފޮށި ނަންބަރު 45 (B9-6،1) ގެ ނަތީޖާ:

މޭޔަރ ކެންޑިޑޭޓް:

- އަބްދުﷲ އިގްބާލް / ޕީޕީއެމް: ލިބުނު ވޯޓުގެ އަދަދު 112

- އަހުމަދު ސައީދު / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 13

- އާދަމް ޝަރީފް / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 09

- މުހައްމަދު އާތިފް / އެމްޑީޕީ: ލިބުނު ވޯޓުގެ އަދަދު 161

ކައުންސިލް ކެންޑިޑޭޓުން:

- ހުސެއިން މޫސާ / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 21

- މުހައްމަދު އަހުމަދު / ޕީޕީއެމް: ލިބުނު ވޯޓުގެ އަދަދު 119

- އަލީ އަހުމަދު / އެމްޑީޕީ: ލިބުނު ވޯޓުގެ އަދަދު 156

ހދ އަތޮޅު ކައުންސިލްގެ ރައީސް ކުރިމަތިލި ކެންޑިޑޭޓުން:

- އާދަމް މުހައްމަދު (ބެރު އާދަނު) / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 30

- ހުސެއިން އަލީ (ކޭޑީ) / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 15

- މުހައްމަދު ސިރާޖު / އެމްޑީޕީ: ލިބުނު ވޯޓުގެ އަދަދު 109

- އަބްދުލްރައްޒާގު އަހުމަދު / ޕީޕީއެމް: ލިބުނު ވޯޓުގެ އަދަދު 127

10 Apr 21:10
ސަނާ އިބްރާހިމް

ކުޅުދުއްފުށީ މެދު އުތުރު ދާއިރާ-1 ހދ އޭއީސީ ހޯލު ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ވޯޓި ފޮށި ނަންބަރު 39 (B9-3,1) ގެ ނަތީޖާ:
މޭޔަރ ކެންޑިޑޭޓް:

- އަބްދުﷲ އިގްބާލް / ޕީޕީއެމް: ލިބުނު ވޯޓުގެ އަދަދު 86
- އަހުމަދު ސައީދު / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 05
- އާދަމް ޝަރީފް / އަމިއްލަ ގޮތުން: ލިބުނު ވޯޓުގެ އަދަދު 06
- މުހައްމަދު އާތިފް / އެމްޑީޕީ: ލިބުނު ވޯޓުގެ އަދަދު 156

ކައުންސިލް ކެންޑިޑޭޓުން:

- އައިމިނަތު މަޖީދާ / އެމްޑީޕީ: ލިބުނު ވޯޓުގެ އަދަދު 132
- އައިމިނަތު އަހުމަދު / ޕީޕީއެމް: ލިބުނު ވޯޓުގެ އަދަދު 109

10 Apr 21:00

10 Apr 19:20
ހުސާމަތު އަބްދުﷲ

ބައެއް ފޮށިތަކުގެ ވޯޓް ގުނުން ފެށިގެން ކުރިއަށް ދަނީ. ވޯޓް ގުނުން ފެށިފައިވަނީ އޭއީސީގައި ބެހެއްޓިފައިވާ ފޮށި ނަމްބަރ 39 އަދި 40. ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ 38 ނަމްބަރު ފޮށި، އަދި އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ 43 އަދި 45 ނަމްބަރު ފޮށި.

10 Apr 18:52
ރައުޝާ

އަމީރު އަމީން ސްކޫލް ބެހެއްޓިފައިވާ 41 ނަންބަރު ފޮށީގެ ވޯޓު ފޮށީގެ ވޯޓު ގުނަން ފަށާނީ 18:50 ގައި. އެ ސްކޫލުގައި ބެހެއްޓިފައިވާ 42 ނަންބަރު ފޮށީގެ ވޯޓު ގުނަން ފަށާނީ 19:10 ގައި

10 Apr 18:48
އައިޝާ

ނޮދާރން އޮފީސް ކޮމްޕްލެކްސްގައި ބެހެއްޓިފައިވާ 44 ނަންބަރު ވޯޓު ފޮށި ގުނަން ފަށާނީ 06:40 ގައި

10 Apr 18:46
ސަނާ އިބްރާހިމް

ހދ އޭއީސީ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ 39 ނަންބަރު ފޮށީ ގުނަން ފެށުމަށް ހަމަޖެހިފައިވަނީ 18:50 ގައި. ހދ އޭއީސީ އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ 40 ނަންބަރު ފޮށީ ގުނަން ފެށުމަށް ހަމަޖެހިފައިވަނީ 18:45 ގައި.

10 Apr 18:21
ޚަދީޖާ އާދަމް

ކިއު ބަންދުކޮށް ބައެއް މަރުކަޒުތަކުގެ ވޯޓުފޮށިތައް ބަންދު ކުރަން ފަށައިފި

10 Apr 17:40
ހުސާމަތު އަބްދުﷲ

ކުޅުދުއްފުށި ހުރިހާ މަރުކަޒުތަކެއްގެ ކިއު 5 ޖަހާއިރު ބަންދު ކުރުމަށްފަހު އަލުން ހުޅުވައިފި.

10 Apr 17:30
ސަމީމާ

ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ 2 ފޮށީގެ ކިއު ބަންދު ކޮށްފި. ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ ފޮށި ނަންބަރ 37 އަކަށް ކަރަންޓީން ވެފައިވާ 1 މީހުން ވޯޓްލުމަށް ހަމަޖެހިފައިވޭ، ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ ފޮށި ނަންބަރ 38 އަކަށް ކަރަންޓީން ވެފައިވާ 5 މީހުން ވޯޓްލުމަށް ހަމަޖެހިފައިވޭ.

10 Apr 17:26
ޝާމިލް އަލީ

އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ 3 ފޮށީގެ ކިއު ބަންދު ކޮށްފި. އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ފޮށި ނަންބަރ 43 އަކަށް ކަރަންޓީން ވެފައިވާ 2 މީހުން ވޯޓްލުމަށް ހަމަޖެހިފައިވޭ، އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ފޮށި ނަންބަރ 45 އަކަށް ކަރަންޓީން ވެފައިވާ 6 މީހުން ވޯޓްލުމަށް ހަމަޖެހިފައިވޭ އަދި އަފީފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ފޮށި ނަންބަރ 46 އަކަށް ކަރަންޓީން ވެފައިވާ 3 މީހުން ވޯޓްލުމަށް ހަމަޖެހިފައިވޭ.

10 Apr 17:10
ސަނާ އިބްރާހިމް

ހދ އޭއީސީ ހޯލް ބެހެއްޓިފައިވާ 2 ފޮށީގެ ކިއު ބަންދު ކޮށްފި. އޭއީސީގައި ބެހެއްޓިފައި ހުރި ފޮށި ނަންބަރު 39 އަށް ކަރަންޓީން ވެފައިވާ 3 މީހަކު ވޯޓްލާން ހަމަ ޖެހިފައިވޭ. އަދި އޭއީސީގައި ބެހެއްޓިފައި ހުރި ފޮށި ނަންބަރު 40 އަށް ކަރަންޓީން ވެފައިވާ 2 މީހަކު ވޯޓްލާން ހަމަ ޖެހިފައިވޭ.

10 Apr 17:00
އިބްރާހިމް ހަމީދު

ކުޅުދުއްފުއްޓަށް ވޯޓްލާން ހަމަޖެހިފައިވާ އެހެނިގެން ރަށްރަށުގެ މީހުންގެ ވޯޓުފޮއްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ ޖުމްލަ 198 މިހުން އެއީ 78 ފިރިހެނުންނާއި 120 އަންހެންނުން. މި ފޮއްޓަށް ވޯޓު ނުލާ ވަރަށް ގިނަ ދާއިރާ ހުރިކަން އެ ފޮށީގެ ވެރިޔާ ވަނީ ފާހަގަކޮށްފަ. މި ފޮއްޓަށް ވޯޓުލާން 127 ދާއިރާއަކުން 369 މީހަކު ރެޖިސްޓްރީވެފައި.

10 Apr 16:41
ޚަދީޖާ އާދަމް

ކުޅުދުއްފުށީ ކެމްޕަސް ތެރޭގައި ބަހައްޓާފައިވާ 38 ނަންބަރު ވޯޓު ފޮއްޓަށް ކަރަންޓީން ވެފައިވާ 5 މީހަކު ވޯޓުލާން ހަމަޖެހިފައިވޭ. އަދި އަފީފުއްދީން ސްކޫލް ހޯލު ދެކުނުކޮޅުގައި ބަހައްޓާފައިވާ 46 ނަންބަރު ވޯޓުފޮއްޓަށް ކަރަންޓީން ވެފައިވާ 3 މީހަކު ވޯޓުލާން ހަމަޖެހިފައިވޭ.

10 Apr 15:15
އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އެއްވެސް ފޮއްޓެއްކައިރީ މިހާރުވެސް ކިއުއެއް ނެތްކަން ފާހަގަކޮށްލެވޭ

10 Apr 14:46
ސަނާ އިބްރާހިމް

އޭއީސީ ހޯލް އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 227 ވޯޓްލައިފައިވޭ. އެއީ 97 ފިރިހެނުންނާއި 130 އަންހެނުން.

10 Apr 14:44
އިބްރާހިމް ހަމީދު

ކުޅުދުއްފުށި ކެމްޕަސް ކްލާސް ރޫމް 4ގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 197 ވޯޓްލައިފައިވޭ. އެއީ 108 ފިރިހެނުންނާއި 89 އަންހެނުން.

10 Apr 14:41
އިބްރާހިމް ހަމީދު

ކުޅުދުއްފުށި ކެމްޕަހުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 229 ވޯޓްލައިފައިވޭ. އެއީ 127 ފިރިހެނުންނާއި 102 އަންހެނުން.

10 Apr 14:39
އިބްރާހިމް ހަމީދު

ނޮދަން ކޮމްޕްލެކްސްގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 268 ވޯޓްލައިފައިވޭ. އެއީ 138 ފިރިހެނުންނާއި 130 އަންހެނުން.

10 Apr 14:31
އިބްރާހިމް ހަމީދު

ޖަލާލުއްދީން ސްކޫލް ހޯލް އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 290 ވޯޓްލައިފައިވޭ. އެއީ 146 ފިރިހެނުންނާއި 144 އަންހެނުން.

10 Apr 14:29
އައިޝަތު

އޮފީސް ކޮމްޕްލެކްސްގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 268 ވޯޓްލައިފައިވޭ. އެއީ 138 ފިރިހެނުންނާއި 130 އަންހެނުން.

10 Apr 14:25
ރައުޝާ

އަމީރު އަމީން ސްކޫލް ކްލާސް ރޫމް 4ގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 239 މިހުން ވޯޓްލައިފައިވޭ. އެއީ 110 ފިރިހެނުންނާއި 129 އަންހެނުން.

10 Apr 14:21
ސަނާ އިބްރާހިމް

އޭއީސީ ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 197މިހުން ވޯޓްލައިފައިވޭ. އެއީ 95 ފިރިހެނުންނާއި 102 އަންހެނުން.

10 Apr 14:07
އިބްރާހިމް ހަމީދު

އަފީފުއްދީން ސްކޫލްގައި ހުރި 3 ފޮށީގަވެސް މިވަގުތު ކިއުއެއް ނެތް، ކުޅުދުއްފުށީގައި ވެސް ވޯޓްލުމަށް ނުކުމެފައިވަނީ މަދުބައެއް. ގިނަ މަރުކަޒުތައް ހުރީ ހުސްކޮށް.

10 Apr 13:38
އިބްރާހިމް ހަމީދު

ޖަލާލުއްދީން ސްކޫލް ހޯލުއިރުމަތި ކޮޅުގައި ބެހެއްޓިފައިވާ 35 ނަންބަރު ފޮއްޓަށް މިހާތަނަށް ވޯޓުލާފައިވަނީ 245 މީހުން. އެއީ 125 އަންހެނުންނާއި 120 ފިރިހެނުން. އެ ސްކޫލް ހޯލުގެ ދެކުނު ކޮޅުގައި ބަހައްޓާފައިވާ 36 ނަންބަރު ފޮއްޓަށް މިހާތަނަށް 212 މީހުން ވޯޓުލާފައިވާއިރު އެއީ 110 އަންހެނުންނާއި 102 ފިރިހެނުން

10 Apr 12:55
ޚަދީޖާ އާދަމް

މެންދުރު 12 ޖެހުމާއި ހަމައަށް ކުޅުދުއްފުށިން ވޯޓު ލާފައިވަނީ 2،149 މީހުން. އެއީ 1،117 އަންހެނުންނާއި 1،032 ފިރިހެނުން

10 Apr 11:49

ޕީޕއެމްގެ ފަރާތުން ކުޅުދުއްފުށީގެ މޭޔަރުކަމަށް ވާދަކުރައްވާ އަބްދުﷲ އިގްބާލް ވޯޓު ލައްވަނީ.

10 Apr 11:29
އަބްދުލް ވާހިދު ޙަސަން

ލޯކަލް ކައުންސިލް އިންތިހާބު ފެށިގެންދާއިރު މިހާތަނަށް ކުޅުދުއްފުށީގައި ވޯޓްލުމަށް ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ. މިހާތަނަށް ވޯޓްލާން ނުކުތީ ހާހެއްހާ މީހުންނެވެ.

10 Apr 10:58
އިބްރާހިމް ހަމީދު

ވޯޓްލާ މަރުކަޒުތަކުގެ ކިއުގައި މީހުންނެތްކަން ފާހަގަކޮށްލެވޭ.

10 Apr 10:39
ޝާމިލް އަލީ

އަފީފުއްދީން ސްކޫލް ހޯލް ދެކުނު ކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް 109 މީހަކު ވޯޓްލައިފައިވޭ. އެއީ 54 ފިރިހެނުންނާއި 55 އަންހެނުން.

10 Apr 10:37
ސަމީމާ

ކުޅުދުއްފުށީ ކެމްޕަސް ތެރޭއިގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް 105މީހަކު ވޯޓްލައިފައިވޭ. އެއީ 54 ފިރިހެނުންނާއި 51 އަންހެނުން.

10 Apr 10:32
ޝާމިލް އަލީ

އަފީފުއްދީން ސްކޫލް ހޯލް އުތުރުކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް 98 މީހަކު ވޯޓްލައިފައިވޭ. އެއީ 54 ފިރިހެނުންނާއި 44 އަންހެނުން.

10 Apr 10:28
ޝާމިލް އަލީ

އަފީފުއްދީން ސްކޫލް 1ޑީ ކްލާސްރޫމްގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް ޖުމްލަ 125 މީހަކު ވޯޓް ލައިފައިވޭ. އެއީ 64 ފިރިހެނުންނާއި 61 އަންހެނުން.

10 Apr 10:25
ސަމީމާ

ކުޅުދުއްފުށީ ކެމްޕަސް ކްލާސް ރޫމް4ގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް ޖުމްލަ 96 މީހަކު ވޯޓް ލައިފައިވޭ. އެއީ 58 ފިރިހެނުންނާއި 37 އަންހެނުން.

10 Apr 10:16
ސަނާ އިބްރާހިމް

އޭއީސީ ހޯލް އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް ޖުމްލަ 97 މީހަކު ވޯޓް ލައިފައިވޭ. އެއީ 36 ފިރިހެނުންނާއި 61އަންހެނުން.

10 Apr 10:15
ސަނާ އިބްރާހިމް

އޭއީސީ ހޯލް ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ވޯޓްފޮއްޓަށް މިހާތަނަށް ޖުމްލަ 98 މީހަކު ވޯޓް ލައިފައިވޭ. އެއީ 55ފިރިހެނުންނާއި 43 އަންހެނުން.

10 Apr 09:41
މުހައްމަދު އަހުޒަމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވޯޓު ލައްވަނީ

10 Apr 09:38
ޝާމިލް އަލީ

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވޯޓު ލައްވަނީ

10 Apr 09:35
ސަނާ އިބްރާހިމް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުއްލަތީފް ވޯޓު ލައްވަނީ

10 Apr 09:22
އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ހުރިހާ ފޮއްޓެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަކަން ފާހަގަކޮށްލެވޭ. ވޯޓުލާ މަރުކަޒަށް ވަންނައިރު ޓެމްޕަރޭޗާބަލައި ގައިދުރުކަން ދަނީ ބަހައްޓަމުން

10 Apr 09:19
އިބްރާހިމް ހަމީދު

ކެމްޕަސް ކްލާސް ރޫމް 4 ގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާއި ސިސްޓަމްގެ ގެ އަދަދާއި ދިމާނުވޭ. އީސީ ހާމަކޮށްފައިވާ ގޮތުން އެ ފޮއްޓަށް ވޯޓުުމުގެ ހައްގު ލިބިފައިވަނީ 469 މީހުން. ނަމަވެސް ސިސްޓަމްއިން ދައްކަނީ 471 މީހުން ކަމަށް މައުލޫމާތު ލިބޭ

10 Apr 08:49
އަބްދުލް ވާހިދު ޙަސަން

ގިނަ މަރުކަޒުތަކުގައި ވޯޓުލާން ގޮސްތިބި މީހުން މަދުކަން ފާހަގަކޮށްލޭވޭ

10 Apr 08:48
އިބްރާހިމް ހަމީދު

ކެންޑިޑޭޓުންގެ މައުލޫމާތު ވޯޓުލާ މަރުކަޒުގައި ނެތުމުން ވޯޓުލާން ދާން ފަރާތްތަކަށް ދަތިތަކާއި ދަނީ ދިމާވަމުން. އަމީރު އަމީން ސްކޫލުގައި ވެސް މި މައްސަލަ ވަނީ ދިމާވެފައި

10 Apr 08:45
ސަނާ އިބްރާހިމް

އޭއީސީ ހޯލް ހުޅަނގު ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 43 މީހަކު ވޯޓްލައިފައިވޭ. ވޯޓްލައިފައިވަނީ 25ފިރިހެނަކާއި 18އަންހެނުން.

10 Apr 08:40
ޝާމިލް އަލީ

އަފީފުއްދީން ސްކޫލް ހޯލް އުތުރު ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 47މީހަކު ވޯޓްލައިފައިވޭ. އެއީ 33ފިރިހެނުންނާއި 14އަންހެނުން.

10 Apr 08:40
ޝާމިލް އަލީ
10 Apr 08:31
ސަމީ

ކެމްޕަސް ކްލާސް ރޫމް 4ގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް ޖުމްލަ 36 މީހަކު ވޯޓް ލައިފައިވޭ. އެއީ 28ފިރިހެނަކާއި 8އަންހެނެއް.

10 Apr 08:28
އަހްމަދު އަހްޒަމް

ޖަލާލުއްދީން ސްކޫލް ހޯލްއިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 33 މީހަކު ވޯޓް ލައިފައިވޭ. ވޯޓް ލައިފައިވަނީ 27ފިރިހެނަކާއި 6 އަންހެނެއް.

10 Apr 08:22
ސަނާ އިބްރާހިމް

އޭއީސީ ހޯލް އިރުމަތި ކޮޅުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 22މީހަކު ވޯޓް ލައިފައިވޭ. އެއީ 11ފިރިހެނަކާއި 11އަންހެނުން.

10 Apr 08:13
ޝާމިލް އަލީ

އަފީފުއްދީން ސްކޫލް ހޯލް އިރުމަތީކޮޅުގައި ބެހެއްޓިފައިވާ ފޮއްޓަށް މިހާތަނަށް 31 މީހަކު ވޯޓްލައިފައިވޭ. ވޯޓްލައިފައި ވަނީ 23ފިރިހެނަކާ 8 އަންހެނުން.

10 Apr 08:07
ސަނާ އިބްރާހިމް
10 Apr 08:03
ޝާމިލް އަލީ
10 Apr 08:00
އިބްރާހިމް ހަމީދު

ވޯޓުލުން ފެށުނު އިރު އެއްވެސް ފޮއްޓެއްގައި މައްސަލައެއް ދިމާވެފައެއް ނުވޭ

10 Apr 07:58
އިބްރާހިމް ހަމީދު

އެންމެ ފަހުން ވޯޓުލާން ހުޅުވާލާފައިވަނީ ކުޅުދުއްފުށީ އޮފީސް ކޮމްޕެލްކްސް ގައި ހުރި B9,5-1 ފޮށި. މި ފޮށީގެ ވޯޓުލުން ހުޅުވާލާފައިވަނީ 7:45 ގައި

10 Apr 07:54

ކުޅުދުއްފުށީ ހުރިހާ ފޮއްޓެއްގައި ވޯޓުލުން ފެށިއްޖެ

10 Apr 07:49

ކުޅުދުއްފުށި އެހެނިހެން

- ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް

ޔޫތު ސެންޓަރު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 369 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

10 Apr 07:49

ކުޅުދުއްފުށި އިރު ދެކުނު:-

- އަފީފުއްދީން ސްކޫލް

ހޯލުގެ އުތުރު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 434 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެމަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށްގޮސް ގަލަދުންގޯޅިން ދެކުނަށްގޮސް ގުލާބީހިނގުމުން ހުޅަނގަށް ގޮސް އަމީނީމަގުން ދެކުނަށް ގޮސް ސަރުދާރުމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހޯލުގެ ދެކުނު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 378 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ސަރުދާރު މަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ އިރުމަތި ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:48

ކުޅުދުއްފުށި ހުޅަނގު ދެކުނު:-

- އަފީފުއްދީން ސްކޫލު

ކްލާސް ރޫމް 1ޑީ: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 483 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ނިކަގަސްމަގުން ފެށިގެން އަމީނީމަގުން ދެކުނަށް ގޮސް މުރަކަމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް އަމީނީ މަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ނޯދަން އޮފީސް ކޮމްޕްލެކްސް

ކޮމްޕްލެކްސް ހޯލް: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 472 މީހުންނަށް
މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުރަކަމަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:47

ކުޅުދުއްފުށި މެދު ދެކުނު:-

އަމީރު އަމީން ސްކޫލް

ކްލާސް ރޫމް 4: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 477 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ގުލާބީގެ ކަންމަތިން ގުލާބީހިނގުމުން އިރަށްގޮސް ކަބީލާގޯޅިން އުތުރަށް ގޮސް ނިކަގަސްމަގުން އިރަށް ގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން ހުޅަނގަށް ގޮސް އަމީނީ މަގުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކްލާސް ރޫމް 1: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 477 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މުދިންކަލޭގެ މަގުގެ އިރުމަތި ކޮޅުން ފެށިގެން ހުޅަނގަށް ގޮސް ގަލަދުން ގޯޅިން ދެކުނަށްގޮސް ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް ކަބީލާ ގޯޅިން އުތުރަށް ގޮސް ނިކަގަސް މަގުން އިރަށްގޮސް ރަތުރަންގޯޅިން އުތުރަށް ގޮސް މަގާންމަގުން އިރަށްގޮސް އެމަގުގެ ދެކުނު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:47

ކުޅުދުއްފުށީ މެދު އުތުރު:-

- ހދ އޭއީސީ

ހޯލް ހުޅަނގު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 492 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުން ފެށިގެން އަމީނީމަގުން އުތުރަށް، މަނާޒު ގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް އިތާގޯޅިން އިރަށް، ރަންދިމަގުން ދެކުނަށް ގޮސް މަރުކަޒުމަގުން ހުޅަނގަށް، ސޯފިޔާ ހިނގުމުން ދެކުނަށް ބޯޅަދަނޑުމަގުން އިރަށްގޮސް ސަހަރާމަގުން ދެކުނަށްގޮސް މަގާންމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހޯލު އިރުމަތި ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 506 މީހުންނަށް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ މަގާންމަގުގެ އިރުމަތި ކޮޅުން ހުޅަނގަށް ގޮސް ސަހަރާމަގުން އުތުރަށް ގޮސް ބޯޅަދަނޑުމަގުން ހުޅަނގަށްގޮސް ސޯފިޔާ ހިނގުމުން އުތުރަށްގޮސް މަރުކަޒުމަގުން އިރަށްގޮސް ރަންދިމަގުން ދެކުނަށްގޮސް އިތާގޯޅިން އިރަށްގޮސް އޯކިޑުމަގުން ދެކުނަށްގޮސް ހިރުނދުމަގުން އިރަށްގޮސް ނިޔާމަގޯޅިން ދެކުނަށްގޮސް ކުޑަފަރުގެ ކައިރިން އިރަށްގޮސް އެގޭގެ ދެކުނު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:45
ޚަދީޖާ އާދަމް

ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާ:-

- ކުޅުދުއްފުށީ ކެމްޕަސް

ކެމްޕަސް ކްލާސް ރޫމް: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 469 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށް ގޮސް މިސްކިތްމަގުން ހުޅަނގަށްގޮސް މިސްކިތްމަގުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ކެމްޕަސް ތެރޭގައި ބެހެއްޓިފައިވާ ފޮށި: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 496 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ނޫކޮކާގެ ކަންމަތިން ކަނބޯރަނި ހިނގުމުން އިރަށް ގޮސް އަމީނީމަގުން ދެކުނަށްގޮސް ނިކަގަސްމަގުން ހުޅަނގަށް ގޮސް ބަންޑާރަމަގުން އުތުރަށް، މިސްކިތްމަގުން އިރަށްގޮސް ޝަޙީދުޙުސައިން ހިނގުމުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:45
ޚަދީޖާ އާދަމް

ކުޅުދުއްފުށީ އުުތުރު ދާއިރާ:-

- ޖަލާލުއްދިން ސްކޫލް

ހޯލު އިރުމަތީ ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 479 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ޝަޙީދު ޙުސައިން ހިނގުމުން ދެކުނަށްގޮސް ކަނބޯރަނި ހިނގުމުން އިރަށް، އަމީނީމަގުން އުތުރަށް، މަނާޒުގޯޅިން އިރަށް ދަރަށްދާމަގުން ދެކުނަށް، އިތާ ގޯޅިން އިރަށް އޯކިޑްމަގުން ދެކުނަށް ހިރުނދުމަގުން އިރަށް، ނިޔާމަ ގޯޅިން ދެކުނަށް ޖެކްސަން ކަންމަތިން އިރަށްގޮސް އުތުރަށް ހުރި ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހޯލު ދެކުނު ކޮޅު: މި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 479 މީހުންނަށް.

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ކަނބޯރަނި ހިނގުމުގެ ހުޅަނގުކޮޅުން ފެށިގެން އިރަށްގޮސް ޝަޙީދު ޙުސައިން ހިނގުމުން އުތުރަށްގޮސް އެމަގުގެ ހުޅަނގު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

10 Apr 07:16

ލޯކަލް ކައުންސިލް އިންތިހާބު އަޕްޑޭޓް

ބޮޑު ދުވަސް، ކުޅުދުއްފުއްޓަށް އާ ތާރީހެއް

އާބާދީގައި ދިހަހާސް ހަމަވެ، ސިޓީއެއްގެ ދަރަޖަ ނުދީގެން ރައްޔިތުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދަނިކޮށް، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމިކަން އިއުލާނުކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ 31 ވަނަ ދުވަހުގެ މެންދުރު 1:26 ގައި އެވެ.

އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ" 1 ޖެނުއަރީން ފެށިގެން ހދ ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ސިޓީއެއްގެ ދަރަޖަކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން". އެވެ.

މި ނިންމުން ވެގެންދިޔައީ އެ ސިޓީގެ ރައްޔިތުންނަށް އިންތިހާއަށް އުފާވެރިކަން ގެނުވި ވަގުތަކަށެވެ. އެކަމަކު އެއަށްފަހު އަދިވެސް ރަސްމީ ސިފައެއްގައި ސިޓީއެއްގެ ދަރަޖަ ނުލިބި، ލަސްވެގެންދިޔައީ ކައުންސިލް އިންތިހާބު ފަސްވަމުންދިޔުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355