twitterviber whatsapp telegramfacebookyoutube instagram
10th November 2026

ކުޅުދުއްފުށީގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު މަދު!

އަބްދުލް ވާހިދު ޙަސަން
Apr 10, 2021
2

ލޯކަލް ކައުންސިލް އިންތިހާބު ފެށިގެންދާއިރު މިހާތަނަށް ކުޅުދުއްފުށީގައި ވޯޓްލުމަށް ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ.

13 ފޮށި ކުޅުދުއްފުށީގައި ބެހެއްޓިފައިވާއިރު އެތަނުން 12 ފޮށި ހާއްސަކޮށްފައިވަނީ ކުޅުދުއްފުށީ މީހުން ވޯޓުލުމަށެވެ. ކޭއޯގެ މޮނީޓަރުން ހުރިހާ ފޮށިތަކެއް ކައިރީގައި ހަރަކާތްތެރިވަމުންދާއިރު އެ ބޭފުޅުންވެސް ފާހަގަކުރައްވަނީ އަދި ވޯޓްލާން ނުކުންނަށް މީހުންގެ އަދަދު މަދު ކަމަށެވެ.

ކޭއޯގެ ބައެއް މޮނިޓަރުން ބުނީ މިހާރުވެސް ބައެއް ފޮށިތަކުގައި ވޯޓްލުމަށް އެއްވެސް މީހަކު ކިޔުގައި ނެތް ކަމަށެވެ. އެގޮތުން މިވަގުތުވެސް އަފީފުއްދީން ސްކޫލު ހޯލްގައި ހުރި ދެ ފޮއްޓާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ދެ ފޮށި އަދި އަމީރު އަމީން ސްކޫލުގައި ހުރި ފޮށިތަކުގައި މީހުން ވޯޓްލުމަށްގޮހެއް ނެތެވެ.

ކުޅުދުއްފުށީގައި ވޯޓުލުމަށް 5672 ރަޖިސްޓްރީކޮށްފައިވާއިރު މިހާތަނަށް ވޯޓްލާފައިވަނީ ހާހެއްހާ މީހުންނެވެ. ބެލެވޭގޮތުގައި މެންދުރު ފަހު ގިނަ ބަޔަކު ވޯޓް ނުކުމެދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293