twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކޮވިޑް-19: އިޓަލީގައި ތިބި އެފްރިކާގެ ރެފިއުޖީން ބިރުވެރިކަމެއްގެ ތެރޭގައި

ޚަދީޖާ އާދަމް
Apr 18, 2020

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުނު އިޓަލީގެ ރޯމް ސްކާޓަކީ އެގައުމުގައި ހިޖުރަކޮށްފައިވަނީ އެފްރިކާގެ ރެފިއުޖީން އެންމެ ގިނައިން އުޅެމުން އަންނަ ސަރަހައްދެވެ. މި ސަރަހައްދުން މިހާރުވަނީ ވައިރަސް ފެނިފައެވެ.

އެ ސަރަހައްދުގައި 500 އެއްހާ ރެފިއުޖިން އުޅެމުން އަންނަ އިރު މިހާތަނަށް އެތަނުން ވަނީ ވައިރަހުގެ 2 ކޭސް ފެނިފައެވެ. އެސަރަހައްދަށް ވަނުމަށް އިނަން މައި ގޭޓް ފުލުހުން ބަންދުކޮށް ފޯރިމަރަމުން އަންނަ އިރު މިމަހު 5 ވަނަ ދުވަހުން ފެށިގެން އެ ސަހަރައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް ބޭރަކަށް ނުނިކުމެވެއެވެ.

ވޮލެންޓިއަރުން ރެފިއުޖީންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުން ދާއިރު އެ ސަރަހައްދުގައި ރެފިއުޖީންގެ ގޮތުގައި އުޅެނީ އިތިއޮޕިއާ، ސޯމާލިއާ އަދި ސޫދާންގެ ރައްޔިތުންނެވެ.

މީގެ އިތުރުން ކަމާ ބެހޭ މާހިރުން އަންދާޒާ ކުރާގޮތުގައި އެގައުމުގައި ރޯމް ސްކާޓްގެ އިތުރުން 110 އިމާރާތެއްގައި ޕޮޒިޓިވް މީހުން ތިބުން އެކަށީގެން ވެއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެމުން އެގައުމުގެ ލޯކަލް މުނިސިޕަލްޓީގެ ރައީސް މޮނިކާ ލޮޒީ ވިދާޅުވީ މި އިމާރާތްތަކުގައި އުޅެމުންދާ ފަރާތްތައް މިހާރު ޓެސްޓްކޮށްފައިވާ ކަމަށާއި ކޮންޓެކްޓްވި 50 އެއްހާ މީހުން އެހެން ފެސިލިޓީސްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އިޓަލީން 190،839 ކޭސް ފެނިފައިވާއިރު 20،002 މީހުން ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293