twitterviber whatsapp telegramfacebookyoutube instagram
21st September 2026

އުތުރަށް، އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ފޮނުވައިފި

Apr 19, 2020

އުތުރުގެ ރަށްތަކަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިސް އެސްޓީއޯއިން ގެނެސްފި އެވެ. މިތަކެތި ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިންޑިޔާމަގުންނެވެ.

އުތުރުގެ ރަށްތަކަށް ފޮނުވާފައިވަނީ 1800 ބަސްތާ ފިޔާ އާއި، 550 ބަސްތާ އަލުވި އަދި 1000 ކޭސް ބިހެވެ. އެތަކެތީގެ ތެރެއިން ބައެއް މިހާރުވަނީ އަތޮޅުތަކަށް ކުޅުދުއްފުށިން ފޮނުވާފަ އެވެ. އެގޮތުން ބ އަތޮޅަށްށާއި ހއ އަތޮޅަށް ވަނީ ފޮނުވާފަ އެވެ.

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން މާދަމާ އެތަކެތި ބާޒާރަށް ނެރެވޭ ތޯ މަސައްކަތްކުރަމުންދާއިރު އެތަނުން ބަލަނީ ގޭގައި ތިބެގެން އޮންލައިންކޮށް އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

އެސްޓީއޯއިން ބުނީ 12 ރުފިޔާއަށް ފިޔާ ކިޔޯއެއް ވިއްކަން ހަމަޖެހިފައިވާއިރު ފިޔާ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 265 ރުފިޔާއަށެވެ. އަލުވި ކިލޯއެއް 14 ރުފިޔާއަށް ވިއްކަން ނިންމާފައިވާއިރު ބަސްތާއެއް ވިއްކާނީ 280 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ބިސް ވިއްކަން ހަމަޖެހިފައިވާ ވަކި ބިހުން ކަމަށާ ބިހެއް ވިއްކަން ހަމަޖެހިފައިވަނީ 1.5 ރުފިޔާއަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

ކޮވިޑް-19 ގެ ބިރުވެރިކަމާއެކު އެސްޓީއޯއަށް ގޮސްގެން ވިޔަފާރިކުރުމުގެ ބަދަލުގައި އެތަނުން ބަލަނީ އޮންލައިންކޮށް އެތަކެތި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293