- ފިހާރަށް ނުގޮސް ތަކެތި ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ
- އޯޑަރު ދިނުމަށް ގެޔާހަމައަށް ގެންގޮސްދޭ
ކުޅުދުއްފުއްޓަށް އެސްޓީއޯއިން ގެނައި ފިޔާ، އަލުވި، އަދި ބިސް އަގުހެޔޮކޮށް މިއަދު ވިއްކަން ފަށައިފި އެވެ.
ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް އަގު އުފުލެމުންދާ ފިޔާ، އަލުވި އަދި ބިސް އެސްޓީއޯ އިން އަންނަނީ ކޮންޓްރޯލްކޮށް ވިއްކަމުން ނެވެ.
އެގޮތުން އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް 12 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް 265 ރުފިޔާއަށް ލިބޭނެ ކަމަށާއި އަލުވި ކިލޯއެއް 14 ރުފިޔާއަށް، އަލުވި ބަސްތާއެއް 280 އަށް އަދި ބިހެއް 1.5 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.
އެސްޓީއޯ ކުޅުދުއްފުށީ ފިހާރައިން މިއަހަރު މިތަކެތި ވިއްކަނީ ވަރަށް ބޮޑުތަން ކޮންޓްރޯލްކޮށްގެނެވެ. އެ ގޮތުން ކޮންމެ ގެއަކަށް ވިއްކަނީ 1 ބަސްތާ އަލުވި، 1 ބަސްތާ ފިޔާ އަދި 2 ޓްރޭ ބިހެވެ.
ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ފިހާރަޔަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށެވެ. އެހެން ކަމުން އެ ފިހާރައިގެ 3012579 އަށް ގުޅައިގެން ނޫނީ 9419800 އަށް 09:00 ން 12:00 އަދި 13:30 ން 15:00 ވައިބަރ ކުރުމުން އޯޑަރ ނަގާ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ އެވެ.
އުތުރުގެ ރަށްތަކަށް ފޮނުވާފައިވަނީ 1800 ބަސްތާ ފިޔާ އާއި، 550 ބަސްތާ އަލުވި އަދި 1000 ކޭސް ބިހެވެ. އެތަކެތީގެ ތެރެއިން ބައެއް މިހާރުވަނީ އަތޮޅުތަކަށް ކުޅުދުއްފުށިން ފޮނުވާފަ އެވެ. އެގޮތުން ބ އަތޮޅަށްށާއި ހއ އަތޮޅަށް ވަނީ ފޮނުވާފަ އެވެ.