twitterviber whatsapp telegramfacebookyoutube instagram
11th May 2024

ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ މުވައްޒަފުންގެ އެހީތެރިކަމަށް ރާއީސް އެދިވަޑައިގެންފި

ނަބީލާ އިސްމާޢީލް
Apr 22, 2020

ރާއްޖޭގައިވެސް މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ނުކުތުމަށް ތައްޔާރަށް ތިބުމަށް ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ ކިބައިން ރައިސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެންފަށާ މާލެއިން އެކަނި މިހާތަނަށް 66 މީހުންނަށް ވަނީ މި ނުރައްކާތެރި ވައިރަސް ޖެހިފަ އެވެ. އަދި މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިހާރު އެބަތިއްބެވެ. އެކަމާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އަދި ދަރުމަވެރިން ދަނީ ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި ރޭގައި ނެރުއްވި ދެންނެވުމެއްގައިވަނީ، ކޮވިޑް-19 ބަލި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާތީ، އެކަމާ ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ދެންނެވުމުގައިވެ އެވެ.

އަތޮޅު ތަކުގެ ޓާސްކް ފޯސްތަކުގަ އާއި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި މިހާރުވެސް ހަރަކާތްތެރިވަނީ ދައުލަތުގެ މުވައްޒަފުންކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އަދި ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ނެރޭ އަމުރުތަކަަށާއި، އެންއީއޯސީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވ.

މި ބަލިމަޑުކަން ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް ރަށްރަށުގެ ކައުންސިލްތަކާއި ޓާސްކްފޯސް ގުޅިގެން އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355