twitterviber whatsapp telegramfacebookyoutube instagram
10th November 2026

ކޮވިޑް-19 އަށް ފަރުވާއަށް ހޯދުމަށް ވައިރަސް ޖެހި ރަނގަޅުވެފައިވާ މީހުންގެ ލޭ ބޭނުން ކުރަނީ

ޚަދީޖާ އާދަމް
Apr 22, 2020

ޔޫކޭގައި ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް އެ ވައިރަސް ޖެހި ރަނގަޅުވެފައިވާ މީހުންގެ ލޭ ބޭނުންކޮށްގެން ޓްރެއަލްއެއް ހެދުމުގެ މަސައްކަތް އިގިރޭސިވިލާތުން ފަށައިފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅު ވެފައިވަ މީހުންގެ ދިފާއީ ނިޒާމުގައި ވައިރަހާ ދެކޮޅަށް މައްސަކަތް ކުރުމަށް އެންޓިިބޮޑީސް އުފައްދައެވެ. ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރަނީ މި އެންޑިބޮޑީސްތަކެވެ.

އަދި ދުވަސްވީ ވަރަކުން އެންޑިބޮޑީސް ލޭގައި ހިމެނޭ ފެނުގެ ބައިން (ޕްލަސްމާ) ވެސް ދެނެގަނެވެއެވެ.

ޔޫއެސްއިންވެސް ވަނީ މިކަމާގުޅޭގޮތުން 1500 ހޮސްޕިޓަލަކާއި ގުޅިގެން ކަންކަން ދިރާސާކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށާފައެވެ.

އިންގްލޭންޑްގެ އެން.އެޗް.އެސް.ބީ.ޓީ އޮގަނައިޒޭޝަނުން ދަނީ ވައިރަސް ޖެހި ރަނގަޅުވެފައިވާ މީހުންގެ ލޭ ބޭނުން ކޮށްގެން މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ ފަރުވާއެއް ހޯދިދާނެތޯ ބެލުމަށް ވައިރަސް ޖެހި ރަނގަޅުވެފައިވާ މީހުން ބޭނުންކޮށް ޓެސްޓު ހަދަމުންނެވެ.

އެ އޮގަނައިޒޭޝަނުން ބުނީ އެމީހުންގެ ލޭ ބޭނުންކޮށްގެން މި ބައްޔަށް ފަރުވާއެއްހޯދިދާނެ ކަމުގެ އުންމީދެއް އެބައޮތް ކަމަށެވެ.

އަދި މިކަން އިތުރަށް ޓެސްޓު ކުރެވި، ފާސްވެ ހުއްދަ ލިބިއްޖެނަމަ ޕްލަސްމާ ޓްރާސްފިއުޝަން ހަދައިގެން ކޮވިޑް-19 ރަނގަޅު ކުރެވިދާނެ ކަމަށްވެސް އެ އޮގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293