twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި

ނަބީލާ އިސްމާޢީލް
Apr 22, 2020

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑްރޭސް (ޑީއެމްއާރްއާރް)ގެ 14 ވަނަ ދުވުމުގެ ހަރަކާތް މިއަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.

އަދި ކޮވިޑް-19 މުޖުތަމައުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމުގެ މުހިއްމުކަމާއެކު މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައިއެވެ.

ދިރާގު މޯލްޑްވިސް ރޯޑްރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް އެކުންފުނިން ބުނެއެވެ.

ނަމަވެސް، ދުވުން ތެރިންނާއި މުޖްތަމައުގެ ދުޅަހެޔޮ ސިއްހަތާއި ސަލާމަތާއި ރައްކާތެރި ކަމަކީ އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތަ ކަމުގައި ދިރާގުން ބުނެ އެވެ.

ދިރާގުން ދަނީ ކޮރޯނާވައިރަހާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ގާތުން ބަލަމުން ކަމަށާއި، މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި، ދިރާގުގެ މުވައްޒަފުނަށާއި، ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި އަދި މުޅި މުޖުތަމައަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ހުރިހާ ދުވުންތެރިން މި ވޭތުވެދިޔަ 13 އަހަރު ކެނޑިނޭޅި ދެމުން ގެންދިޔަ ސަޕޯޓަށާއި އެއްބާރުލުމަށް ދިރާގުން ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، މިއަންނަ އަހަރު، މި ޕެންޑަމިކްއިން ސަލާމަތްވެއްޖެކަމުގައި ވަނީނަމަ، އިތުރު ފުރިހަމަކަމާއެކު ދިރާގު މޯލްޑިވްސް ރޯޑްރޭސް ބާއްވާނެކަމުގެ ޔަގީންކަން ދިރާގުން ވަނީ ދީފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒިންމާދާރު އަދި އެއްބައިވަންތަ ގޮތުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމަށެވެ.

ދިރާގުން އެދެނީ، ހުރިހާ އެންމެންވެސް މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355