twitterviber whatsapp telegramfacebookyoutube instagram
20th March 2026

މެއި 14 ގެ ނިޔަލަށް ސަރުކާރު ބަންދު

Apr 30, 2020

މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މޭ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމިން ގެންދިއުމަށާ، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ވަނީ އަންގަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355