ފޯނު ބިލާއި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް މިހާލަތުގައި ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދިރާގު އަދި އުރީދޫއަށްގެ ފަރާތުން އެދިލައްވައިފި އެވެ.
ރާއްޖެއަށް ވެސް ދިމާވެފައިވާ ކޮވިޑް ގެ ބަލިމަޑުކަމުގައި ގިނަ ބައެއްގެ ވަޒީފާގެ ހާލަތު ބަދަލުވެ، އެއްބަޔަކު ވަޒީފާ ގެއްލި އަނެއްބަޔަކު މުސާރަ ކުޑަކޮށް ނުވަތަ ނޯޕޯގައެވެ. ދުވަހު މުސާރަ އަށް ނުވަތަ އަމިއްލަ މަސައްކަތް ކުރާފަރާތް ތަކުގެ އާމްދަނީ ލިބޭނެ ގޮތެއް ނެތިފަ އެވެ.
މި ހާލަތުގައި އިންޓަނެޓާއި ފޯނު ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމަކީ އެންމެ އިންސާފުވެރިގޮތްކަމަށް ނުފެންނަ ކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓެގްކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ތެދުވާހަކަތަކެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވަނީ މި ދަތި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫ އިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މި ދެ ކުންފުނިން ވަނީ އެ ދެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.