twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެސްޓީއޯއިން ފިޔާ އަލުވި އަދި ބިސް އަގުހެޔޮކޮށްފި

އަބްދުލް ވާހިދު ޙަސަން
May 5, 2020
3

ކުޅުދުއްފުއްޓަށް އެސްޓީއޯއިން ފިޔާ، އަލުވި، އަދި ބިހުގެ އިތުރު ޝިޕްމަންޓެއް ގެނެސް އެތަކެތި އަގުހެޔޮކޮށް މިއަދު ވިއްކަން ފަށައިފި އެވެ.

ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް އަގު އުފުލެމުންދާ ފިޔާ، އަލުވި އަދި ބިސް އެސްޓީއޯ އިން އަންނަނީ ކޮންޓްރޯލްކޮށް ވިއްކަމުން ނެވެ. މިއީ މި ރޯދަމަހު ކުޅުދުއްފުއްޓަށް އެސްޓީއޯއިން ގެނައި ދެ ވަނަ ޝިޕްމެންޓެވެ.

ކުރީ ފަހަރާ އަޅައި ބަލާއިރު މިފަހަރު މިތަކެތި ވަނީ ބޮޑުތަކުން އަގުހެޔޮކޮށްފައި އެވެ. އެގޮތުން ކުރިން 280 ވިއްކި އަލުވި ބަސްތާއެއް މިފަހަރު އުޅެނީ 250 ރުފިޔާއަށެވެ. އަދި ކުރިން 280 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިފަހަރު ވިއްކަނީ 230 ރުފިޔާއަށެވެ. ބިސް ކޭހެއް ވިއްކަނީ 260 ރުފިޔާއަށެވެ. މިދިޔަ ފަހަރު ބިސް ކޭސް ވިއްކާފައި ނުވެ އެވެ.

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން މި ތަކެތި ވިއްކުމަށް މިފަހަރުވެސް ހަމަޖެހިފައިވަނީ ފިހާރަޔަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށެވެ. އެހެން ކަމުން އެ ފިހާރައިގެ 3012578 އަށް ގުޅައިގެން ނުވަތަ 9419800 އަށް ވައިބަރ ކޮށްގެން އޯޑަރު ދެވޭނެ އެވެ. އޯޑަރު ނަގާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން 13:00 އަށެވެ.

ކުރީ ފަހަރެކޭވެސް އެއްގޮތަށް ރަށްރަށުން އަންނަ އޯޑަރުތައްވެސް ނަގައި އެތަކެތި ބަނދަރާ ހަމައަށް ގެންދިޔުމުގެ އިންތިޒާމު މިފަހަރުވެސް ވަނީ ހަމަޖެހިފައި އެވެ.

މިދިޔަ ފަހަރުވެސް ކުޅުދުއްފުށިން މިތަކެތި ވަނީ ގިނަ ރަށްރަކަށް ފޮނުވާފަ އެވެ. އެގޮތުން، ބ އޭދަފުށި، ހއ ހޯރަފުށި، އުތީމް، މާރަންދޫ، ހދ ނޮޅިވަރަންފަރު، ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ނެއްލައިދޫ، ނޮޅިވަރަމް، ކުރިނބީ، ފިނޭ އަދި ހިރިމަރަދޫ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355