twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރެސިޕީ: ހަނާކުރި ބަށި

ނަބީލާ އިސްމާޢީލް
May 10, 2020
1

ބޭނުންވާ ތަކެތި:

  • 500 ގުރާމް ބަށި (ކުދިކޮށް ކިއުބް ކޮށް ކޮށާފައި)
  • 1 ފިޔާ ބޮޑު (ތުނިކޮށް ކޮށާފައި)
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 2/1 1 ޖޯޑު ވަޅޯމަސް (ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޕުލޭން ޔޯގަޓް
  • 3/1 ހިކަނދިފަތް
  • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ގިތިޔޮ މިރުސް (ކޮށާފައި)
  • 1 ސައިސަމުސާ ލޮނުމިރުސް ޕޭސްޓް
  • ލޮނު
  • ރާނބާފަތް (2 އިންޗިއަށް ބުރިކޮށްލާފަ 5 އެތިކޮޅު)
  • 3/1 ސައިސަމުސާ ކުކުޅު ހަވާދު
  • 3/1 ސައިސަމުސާ އަސޭމިރުސް (މުގުރި)
  • 3/1 ސައިސަމުސާ ދިރި (މުގުރި)
  • 3/1 ޖޯޑު ފެން
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކޮށާފައި ހުރި ބަށިކޮޅު މަޑު މުށިކުލަ އަރާވަރަށް ތެލުލައްވާލާފަ ބަހައްޓާށެވެ. ދެން ފިޔާ، ލޮނުމެދު، މިރުސް، ކުޑަ ތެޔޮފޮދެއް ޖަހައިގެން ވަޅޯކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް ވަޅޯވެލީމައި ވަޅޯމަސް ހިކަނދިފަތް، ރާނބާފަތް، ލޮނު، އަޅާ އަނެއްކާވެސް ވަޅޯމަސްކޮޅަށް މަޑު މުށިކުލަ އަންނަދެން ރަނގަޅަށް އެއްކުރަމުންދާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް، ހަވާދު، އަސޭމިރުސް، ދިރި، ފެން އަޅާ 3 މިނެއްޓު ބަހައްޓާލާށެވެ. އެއަށްފަހު ބަށި އަޅާ ރަނގަޅަށް އެއްކޮށްލާފަ އަނެއްކާވެސް ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު ޔޯގަޓް އަޅާ އެއްކޮށްލާފަ 3 ވަރަކަށް މިނެއްޓު ބަހައްޓާލާށެވެ. މިއީ ރޮއްޓާ އެކު ކާލަން ވަރަށް މީރު އެއްޗެކެވެ.

ނޯޓް: ބަށި ނުތެލުލާވެސް ތައްޔާރުކޮށްލެވިދާނެ އެވެ. ނަމަވެސް އެއިރުން ބަށި ރޯފިލަންދެން ކައްކާލަން ވާނެ އެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355