twitterviber whatsapp telegramfacebookyoutube instagram
20th April 2024

"ސަތޭކަ" ފިހާރަ އޮންލައިން ކޮށްލައިފި، ވަރަށް ސަޅި

ނަބީލާ އިސްމާޢީލް
May 10, 2020
2

ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކުން މުދާގެންދަމުން އަންނަ ކުޅުދުއްފުއްޓަކީ ކޮންމެ ދުވަހަކު އެތައް ރަށަކުން ވިޔަފާރި މުދާ ގަތުމަށް މީހުން އަންނަމުންދާ ރަށެކެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް އަރާފޭބުން މަނާވެފައި އޮތް އޮތުމަކީ މިދަނޑިވަޅުގައި ރައްޔިތުންނަށް ވަރަށް ދަތި އުނދަގުލާއި ކުރިމަތިލާން ޖެހުނު ކަމުގައިވީ ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ތަކެތި ފަސޭހައިން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ "ސަތޭކަ" ފިހާރަ އިން އޮންލައިން ވިޔަފާރި އަށް ހާއްސަ ވެބްސައިޓެއް (ސަތޭކަ.އެމްވީ) މިހާރު ވަނީ ތައާރަފު ކޮށްފަ އެވެ.

އެ ފިހާރަ ހިންގާ ބިޔަލަންކޯ ޓްރޭޑިން އިން ބުނީ، "ސަތޭކަ" ފިހާރައިގެ ވިޔަފާރި އޮންލައިންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި އެޗްޕީއޭ އިން ކޮވިޑް-19 އާ ގުޅިގެން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން ކަމަށާއި، ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އަދި އޮންލައިން ފިހާރައާ އެކު ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކުޅުދުއްފުށިން ވިޔަފާރީގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާއި، ކުޅުދުއްފުށްޓަށް އައުމުގެ ބަދަލުގައި ރަށުގައި ތިބެގެން ވެސް ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް މިދުވަސްވަރު ގޭގައި ތިބެގެން ފަސޭހަކަމާ އެކު ވިޔަފާރި ކޮށްލެވޭނެ ކަމަށެވެ.

ފިހާރައިން ލިބެންހުންނަ އަގުގައި ފުރީ ޑެލިވަރީއާ އެކު ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި ރަށްރަށުން އޯޑަރު ދޭ ފަރާތްތަކަށް ވެސް އެ ރަށްރަށުގެ ސަޕްލައި ދޯންޏާ ހަމައަށް ހިލޭ ގެންގޮސްދޭނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ މާލެއިން މުދާގެންނަ ދޯނި ފަހަރު އޮންނަ ރަށެށް ނަމަވެސް މި ވަގުތު ކުޅުދުއްފުއްޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މާލެއިން މުދާ ގެނައުމުގައި ހުރި އުނދަގޫތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355