twitterviber whatsapp telegramfacebookyoutube instagram
27th April 2024

އޮންލައިންކޮށް ވިޔަފާރިކޮށްލުމަށް ސަޕްލައި އެމްވީ އިން އޮންލައިން ޕްލެޓްފޯމެއް

ނަބީލާ އިސްމާޢީލް
May 10, 2020

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ މި ނުތަނަވަސް ދަނޑިވަޅުގައި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ދަތި ދުވަސްވަރު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަޕްލައި ޑޮޓް އެމްވީ އިން އޮންލައިން ޕްލެޓްފޯމެއް ތައާރަފް ކޮށްފި އެވެ.

ވޭތުވެދިޔަ 3 އަހަރު ކުދި ވިޔަފާރިތަކާއި ސަޕްލަޔަރުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ހަރަކާތްތެރިވާ މި ޕުލެޓްފޯމަކީ ރާއްޖޭގައި އެކި ބާވަތްތަކުގެ މުދާ ހޯލްސޭލްކޮށް ވިއްކާ 80 އަށް ވުރެގިނަ ސަޕްލަޔަރުންގެ 3300 އަށް ވުރެގިނަ ޕްރޮޑަކްޓް އެއްތާކުން ފެންނާނެ އިންތިޒާމް ހަމަޖެހިފައިވާ ރާއްޖޭގެ، މިފަދަ އޮންލައިން އެންމެ ބޮޑު ޕްލެޓްފޯމެވެ.

މި ޕުލެޓްފޯމުން ލިބޭ ހިދުމަތް ތަކުގެ ތެރޭގައި:

1. ގަނޑުކޮށް މުދާ ގަންނަ ފަރާތްތައް ހާއްސަކޮށް ރަށްރަށުގައި ހުރި ކުދި ވިޔަފާރިތަކަށް މުދަލުގެ އަގުތަށް އަޅާކިއުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުން

2. އޮންލައިންކޮށް ގަންނަ މުދާ ބޯޓުތަކާއި ފިހާރަތަކާ ހަމައަށް ގެންގޮސްދިނުން.

3. ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް އިތުރު މެދުވެރިއަކާއި ނުލާ ދަނޑުވެރިޔާ ސީދާ، ގަންނަން ބޭނުންވާ ފަރާތާއި ގުޅުވާލަދިނުން.

4. ދަނޑުވެރިންގެ ޕްރޮޑަކްޓްތައް މި ޕްލެޓްފޯމްގައި ހިލޭ އިޝްތިހާރު ކުރުން.

5. ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މި ޕްލެޓްފޯމަކީ އެއޯޑަރތައް މެނޭޖްކުރުމަށް ފަސޭހަ ހިދުމަތެއް. (މީގެ ސަބަބުން އޮންލައިންކޮށް ނަގާ އޯޑަރތައް މެނޭޖްކުރުމަށް ސަޕްލަޔަރަށާއި ކަސްޓަމަރަށް އެތައް ގޮތަކުން ފަސޭހަވާނެއެވެ)

ސަޕްލައި އެމްވީ އިން ބުނީ ގޭގައި ތިއްބަވައިގެން އޯޑަރ ދެއްވާ ފަރާތްތަކުން ވައިބަރ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރެއްވުމުގެ ބަދަލުގައި މި ފަސޭހަ ހިދުމަތް މިދަނދިވަޅުގައި މުޅިން ހިލޭ ބޭނުންކުރެއްވުމަށް މި ޓީމުން ދައަވަތު އަރުވާ ކަމަށެވެ.

ސަޕްލައި ޑޮޓް އެމްވީން ދަނޑުވެރިންނަށް މި ހުޅުވާލަދިން ހިދުމަތަކީ މި ދަނޑިވަޅުގައި ފާހަގަކޮށްލެވޭ ހިދުމަތެކެވެ. މި ހިދުމަތުގެ އެހީގައި މުޅި ރާއްޖޭގައި މަސައްކަތްކުރާ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި މާކެޓް ކުރުމަށް މުޅިން ހިލޭ މި ފޯރުކޮށްދޭ ހިދުމަތް ފާހަގަކޮށްލެވެ. އަދި ސަޕްލަޔަރުންގެ އޮންލައިން އޯޑަރތައް ސަޕްލައި ޑޮޓް އެމްވީ މެދުވެރިކޮށް މެނޭޖްކުރަން ފެށުމުން މަސައްކަތް ފަސޭހަވެ އަވަސް ވާނޭކަމަށް ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ވަލީދް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355