twitterviber whatsapp telegramfacebookyoutube instagram
5th December 2025

ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

May 10, 2020

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ފަސްކުރަން ޖެހުނުއިރު ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދާ ހަމައަށް ވެސް ތިބީ ސަސްޕެންޝަންގަ އެވެ.

ނަމަވެސް މި ބިލް ތަސްދީގު ކުރެއްވުމާއެކު އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މި ވަނި ނިމުމަކަށް އައިސްފަ އެވެ. އެކަމަކު އިންތިޚާބަށް އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ ގާނޫނުގައި ވާގޮތުން އިންތިހާބު ދެން ބާއްވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އަދި އާންމު ސިއްހަތަށް ނުރައްކަލެއް ނެތްކަން ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ.

އިންތިޚާބު ފަސްކުރުމުގެ ބިލް ތަސްދީގު ކުރެއްވިއިރު އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހުށަހެޅި ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ. އެކަމަކު އެ ބިލް މަޖިލީހުން އަދި ފާހެއް ނުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355