twitterviber whatsapp telegramfacebookyoutube instagram
21st August 2025

ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ތިން ރިސޯޓު

ނަބީލާ އިސްމާޢީލް
May 14, 2020
1

މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރުމަށް އިތުރު ތިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ކުރެއްވި ޓުވިޓްގައި ވިދާޅުވީ މާލެ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީނު ކުރަން ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޓްވީޓްގައި އިތުރަށް ވިދާޅުވީ "އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރިކަމެއް. ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރައްވާ."

މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.

މި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް އިތުރު ހަތަރު ރިސޯޓެއް ހަމައެކަނި ފުރަބަނދުވީ އާންމު ރައްޔިތުން ކަރަންޓީނު ކުރަން ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އެއީ އައްޑޫ ހެރެތެރެ، ދ. އިރުވެލި، ޅ. ފުށިފަރު އަދި ރ. ފުރަވެރި އެވެ.

އެކި އެކި ބޭނުންތަކަށް ކުރުމުއްދަތަށް މާލެ ގޮސް އެނބުރި ރަށަށް ނާދެވި ހާލުގައި ޖެހިފައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން އެބަ ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355