twitterviber whatsapp telegramfacebookyoutube instagram
8th May 2025
ADVERTISEMENT

ބީއެމްއެލް މި މަހު 18، 20 އަދި 26 ގައި ހުޅުވަނީ

May 17, 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ނަމަވެސް ބައެއް އަސާސީ ހިދުމަތްތަކަށް މި މަހުގެ 18، 20 އަދި 26 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ދުވަސްތަކުގައި ބޭންކް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. އެ ދުވަސްތަކުގައި ބޭންކުން ލިބޭނީ ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތެވެ.

އެ ހިދުމަތް ހޯދަން ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލުން ފޮނުވޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ޓީޓީ އެޕްލިކޭޝަނަށް ހުށަހެޅޭނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com