twitterviber whatsapp telegramfacebookyoutube instagram
19th May 2025

އިންޑިއާގެ ލޮކްޑައުން މުއްދަތު އިތުރު ސާދަ ދުވަހަށް ދަމަހައްޓަން ނިންމައިފި

May 18, 2020

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެކި އެކި ބޭނުންތަކަށް އާންމުކޮށް ދިވެހިން ގޮސްއުޅޭ އިންޑިއާގެ އެކި ސަރަހައްދު ތަކުގައި ވެސް ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ 2869 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި މާޗް 24 ން ފަށައިގެން އަންނަނީ ލޮކްޑައުން އިއުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ކުރި އިއުލާނުގައި އެގައުމުގެ ޑިޒާސްޓާ ރެސްޕޮންސް އޮތޯރިޓީއިން ވަނީ ނިންމުމާއެކު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ މުހިންމުކަމަށް ވިސްނައި އާ ގައިޑްލައިންތަކެއް އެގައުމުގައި ޝާއިއުކުރާނެ ކަމަށް ބުނެފައެވެ.

ބައެއް ހިދުމަތްތައް ވަކި ސަރަހައްދުތަކެއްގައި ދިނުމަށް މިހާރު އިންޑިޔާގެ ސަރުކާރުން ލުއިތަކެއް ދީފައިވީނަމަވެސް އަދިވެސް ގިނަ އިގްތިސާދީ ހަރަކާތްތަކާއި އާންމު ދިރިއުޅުމުގެ ކަންކަން އެގައުމުގައި އޮތީ މަޑުޖައްސާލާފަ އެވެ.

މިއީ އެގައުމުގައި ލޮކްޑައުންގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355